ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ ތެރެއިން އިންތިޚާބަށް ގޮސްފައިވާ ގޮފިތަކުގެ ވޯޓުލުން މިއަދު (16 ފެބުރުވަރީ 2026)ގެ ހެނދުނު ފަށައިފިއެވެ.
ޖުމްލަ 3 ގޮތްޕެއް އިންތިޚާބަށް ގޮސްފައިވާއިރު، އެއީ އެ 3 ގޮފިން ވެސް އެންމެ މަޤާމެކެވެ.
މިއަދު ހެނދުނު 10:00އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ ސްކޫލް އޮފް ނާސިންގެ ގޮފި ނިއަރެސްގެ ސެކްރެޓަރީ، ސްކޫލް އޮފް މެޑިސިންގެ ގޮފި މެޑިކޯސް ނައިބު ރައީސް (އިތުރު ހަރަކާތް) އާއި ސެންޓަރ ފޯރ ފައުންޑޭޝަންގެ ގޮފި ތަރަހައިގެ ނައިބު ރައީސް (އިތުރު ހަރަކާތް) މަޤާމެވެ.
މި އިންތިޚާބުގައި ޖުމްލަ 3 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، ވޯޓުލުން ކުރިއަށް ދަނީ ސްކޫލް އޮފް ނާސިންގ، ސްކޫލް އޮފް މެޑިސިން (ދަރުމަވަންތަ ހޮސްޕިޓަލްގެ 14ވަނަ ފަންގިފިލާ) އާއި އެމް.އެން.ޔޫ ސެންޓަރަލްގައެވެ.
މީގެއިން ކޮންމެ ފޮށްޓަކަށްވެސް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ވޯޓަށްދާ ގޮފި ނިސްބަތްވާ ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ހާޒިރުވާއިރު، އެމް.އެން.ޔޫގެ ސްޓޫޑެންޓް އައިޑީ ކާޑު ނުވަތަ އައިޑީ ކާޑު ނުވަތަ ދަރިވަރެއްކަން އަންގައިދޭ އެހެން ލިޔުމެއް ހިފައިގެން ހާޒިރުވުމަށް އެމް.އެން.ޔޫ.އެސް.ޔޫއިން އިލްތިމާސް ކުރެއެވެ.






