ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތް، 12 ވަނަ ވެސްޓްރޭޑް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލާ ގާތައް އެންމެ ފަހުގެ ޗެމްޕިއަން ސްކޫލް އޮފް ނާސިން (އެސް.އެން) އާއި ރަނަރަޕް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) ޖެހެލިއިރު، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފް.އެސް.އެލް) އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.
ހުކުރު ދުވަހުގެ ހަވީރުގައި އަންހެން ޑިވިޝަނުގެ މެޗުތައް ކުޅުނުއިރު، މިއަދުގެ އެންމެ ފުރަތަމަ މެޗުގައި ވާދަކުރީ އަންހެން ޑިވިޝަނުގެ ގްރޫޕް ބީ އިން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އަދި ސްކޫލު އޮފް މެޑިސިން (އެސް.އެމް)އެވެ. މި މެޗު ފަސޭހަ ކަމާއެކު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބު ކުރީ ސީދާ 2 ސެޓުންނެވެ. މެޗުގެ ސެޓުތައް 25-13 އަދި 25-06 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސް ގެ ޖަރޒީ ނަންބަރު 11، މިޝްކާ ޢަބްދުލް ހަލީމެވެ. މިއާއެކު އެމް.އެން.ޔޫ.ބީ.އެސް ވަނީ ސެމީ ފައިނަލާއި ކައިރިއަށް ޖެހިލައިފަ އެވެ.
ދެވަނަ މެޗުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒްމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) އާ ދެކޮޅަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން، ނުކުތްއިރު މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފެސްޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 25-20 އަދި 25-16 އިންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެސްޓް ގެ ޖާރޒީ ނަންބަރު 9، މަރިޔަމް ނާޒިމާ ޢަބްދުލްސައްތާރެވެ.
އަންހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ސްކޫލް އޮފް ނާރސިންގ (އެސް.އެން) އަދި ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް) އެވެ. މި މެޗު ވެސް އެސް.އެން އިން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރިއިރު، މި މެޗުގެ ސެޓުތައް ދިޔައީ 25-16 އަދި 25-19 އިންނެވެ. މި މެޗުގައި، އެސް.އެން އިން، ޖާރޒީ ނަންބަރު 7، ރަހީމާ ޢަބްދުއްﷲ ވަނީ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައެވެ. މިއާއެކު އެސް.އެން ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، ސެމީ ފައިނަލާ ގާތައް ޖެހިލައިފަ އެވެ.
އަންހެން ޑިވިޝަނުގެ ފަހު މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް އާރްޓްސް އަދި ފެކަލްޓީ އޮފް ޝަރިއްޔާ އެންޑް ލޯއިންނެވެ.
މިއީ މި މުބާރާތުގައި އެފް.އެސް.އެލް އިން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު ސީދާ ދެ ސެޓުން އެސް.އެސް.އެލް ކާމިޔާބު ކުރިއިރު، އެސް.އެސް.އެލް އިން ޖާރޒީ ނަންބަރު 5، ތާނިޔާ މޫސާ ވަނީ މި މެޗް ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-16 އަދި 25-18 އިންނެވެ.
މި މުބާރާތުގައި މިއަދު ކުޅޭނީ އަންހެން ޑިވިޝަންގެ 4 މެޗު އަދި ފިރިހެން ޑިވިޝަންގެ 4 މެޗެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑެވެ. މީގެ އިތުރުން ޑިޖިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހިމެނެ އެވެ.





