

އޮގަސްޓް 21 ވީ ހުކުރު ދުވަހުގެ ރޭ އެމް.އެން.ޔޫ އެފް.އީ ޕީ.އީ ހޯލުގައި ކުރިއަށްގެންދެވުނު މިހަރަކާތުގައި 150 އަށްވުރެ ގިނަ އައު ލީޑަރުން ބައިވެރިވިއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި، އެޑްވައިޒަރީ ބޯޑު މެމްބަރުންގެ އިތުރުން މިހާރު ލީޑަރސްގެ ގޮތުގައި ހަރަކާތްތެރިވާ ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.
މި ލީޑަރސް ނައިޓުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ދަރިވަރުންނަށް ފަހި ކޮށްދެވޭ ފުރުސަތުތަކާއި، މި ޓަރމުގައި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. އަދި ތަފާތު ކުޅިވަރު ހަރަކާތްތަކުގެ އިތުރުން، ލަކީ ޑްރޯއިން ހޮވުނު ދަރިވަރުންނަށް ވަނީ އިނާމު ވެސް ހަވާލުކޮށްފައެވެ. އަދި ކޮންމެ ބައިވެރިޔަކަށް ވެސް ވަނީ ގިފްޓް ޕެކް ހަދިޔާކޮށްފައެވެ.
ޔޫނިއަނުން ބާއްވަމުން އަންނަ ލީޑަރސް ނައިޓަކީ، އައު އިސްވާރުން ބިނާކުރުމާއި އަދި މާދަމާގެ ލީޑަރުން އުފެއްދުމަށް ދަރިވަރުންގެ ޔޫނިއަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތެވެ. އަދި މި ހަރަކާތަކީ އެމް.އެން.ޔޫ.އެސް.ޔޫގެ މެމްބަރުންނާއެކު އައު ލީޑަރުން ތަފާތު މާހައުލެއްގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއެކު، ޔޫނިއަން އާއި ގުޅޭ މުހިންމު މައުލޫމާތުތައް އައު ލީޑަރުންނަށް ކިޔައިދިނުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ ހަރަކާތެކެވެ.



