2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެކަލްޓީ އޮފް އެޑިޔުކޭޝަނާއަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ”ފެސާ ވެލްކަމް ނައިޓް“ ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
25 އޮގަސްޓު ވީ އަންގާރަދުވަހުގެ ރޭ އެމް.އެން.ޔޫ ޕީއީ ހޯލްގައި ބޭއްވުނު މި ހަރަކާތުގައި ގާތްގަނޑަކަށް 40 ދަރިވަރުން ބައިވެރިވެފައިވެއެވެ.
އިވެންޓް ފެށިގެން ދިޔައީ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ ޑީން، ނާދިޔާ އަހުމަދުގެ އަގުހުރި ބަސްކޮޅަކާއި އެކުއެވެ. ދެން ކުރިޔައްދިޔައީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ 2026 ވަނަ އަހަރުގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ ވާހަކަދެއްކެވުމެވެ.
މި އިވެންޓުގައި ޔުނިވަރސިޓީ އޮފް މެލްބޯރންގެ 13 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ދަރިވަރުންނަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންއަށް ސޮޓަޑީ ޕުރޮގުރާމަކަށް އައިސްފައިވާ ބައެކެވެ.
އެއަށްފަހު ފެސާ އިން މި ޓާމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، އެމް.އެން.ޔޫ.އެސް.ޔޫ އިން މި ޓާމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ކުރު ހުލާސާއެއް ދެއްވިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ގެ ހިންގާ ކޮމިޓީ ގެ މެމްބަރުން މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ދަރިވަރުންނާ މުހާތަބުކުރައްވަމުން ވިދާޅުވެފައިވަނީ ފެސާއިން ހިންގާ ހަރަކާތްތަކުގައި އަދި އެމް.އެން.ޔޫ.އެސް.ޔޫ ގެ ގިނަ ހަރަކާތްތަކުން މިކުދިންގެ ބައިވެރިވުން ފެނި އެހީތެރިކަން ލިބިގެން ދަނެކަމަށް އުއްމީދުކުރާކަމަށެވެ.
ހަމައެހެންމެ އެމްއެންޔޫގެ ރީޖަނަލް ކޯޑިނޭޓާ، ޝަދުން ޝަކީލް ވަނީ ނިމިދިޔަ ދައުރުގައި ފެސާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެ ކާމިޔާބީތައް ފެސާއަށް ހޯދައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ފެސާގެ އިސްވާރުން ކަމަށް ފާހަގަ ކުރައްވާ ދަރިވަރުންނަށް މުހާތަބު ކުރައްވާފައެވެ.ޝަދުން އިލްތިމާސްކުރައްވާފައިވަނީ މި ކުރިޔައްދާ ދައުރުގައި ވެސް މި ކާމިޔާބީތައް ދަމަހައްޓާ ފެސާއަށް ރީތިނަން ހޯދައިދޭން ދަރިވަރުންގެ އެއްބާރުލުން ދެއްވުމަށާއި،އިތުރު ހަރަކާތްތަކަށް ދޭ ސަމާލުކަން ކިޔެވުމަށްވެސް ދީގެން ކުރިއަށްދިޔުމަށެވެ.
ވެލްކަމް ނައިޓްގެ މައިގަނޑު މަގްސަދަކީ އަލަށް ގުޅުނު ދަރިވަރުންނާ ގުޅުން ބަދަހިކޮށް، މަޖާކޮށްލާ، އެކުވެރިކަން އާލާކުރުމަށް އުފާވެރި މާހައުލެއްގައި ހޯދާ ދިނުންކަމުގައި ވާއިރު، މިހަރަކާތުން ފެސާ އަށް އަލަށް ގުޅެން ޝައުގުވެރިވި ދަރިވަރުންނަށް އެފުރުސަތު ފަހިވެގެން ގޮސްފައިވެއެވެ.
ހަރަކާތް ނިމިގެން ދިޔައީ ބިލެއްމީރުކުރުމަކާއި ގްރޫޕް ފޮޓޯއަކުންނެވެ. އަދި ނިންމާލުމުގެ ގޮތުން އަލަށް ގުޅުނު ދަރިވަރުންވަނީ ޝުޢޫރު ފާޅުކުރައްވާ ފެސާގެ ހިންގާ ކޮމިޓީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.





