އިންދިރާ ގާންދީ މެމޮރިއަލް ހޮސްޕިޓަލްގެ ފާރާތުން ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހޭންޑު ބޯލް މުބާރާތުގައި ސުކޫލް އޮފް ނާސިންގެ ޓީމް ”ނިއަރެސް“ ބައިވެރިވެ ފައިނަލް އަށް ދަތުރުކޮށް މުބާރާތުގެ ދެވަނަ އަށް ގޮއްސިއެވެ.


ކޮންމެ އަހަރަކު އައި.ޖީ.އެމް.އެޗް ން ބާއްވަމުން އަންނަ މި ހޭންޑު ބޯލް މުބާރާތުގައި ސުކޫލް އޮފް ނާސިންގެ ޓީމް ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. 3 މެއި ވީ ހުކުރު ދުވަހު ބޭއްވި މި މުބާރާތުގައި ސުކޫލް އޮފް ނާސިންގެ ޓީމް ނިއަރެސް ސެމީ ފައިނަލް އަށް ދަތުރުކުރީ ގުރޫޕް ސުޓޭޖުގައި ކުޅުނު 3 މެޗް ގެ ތެރެއިން 2 މެޗް ކާމިޔާބު ކޮށްގެނެވެ. ސެމީ ފައިންގައި ޓީމް ”ލޭބަރ“ އައި ވާދަކޮށް ފޯރިގަދަ ކުޅުމަށް ފަހު، ޓީމް ލޭބަރގެ މައްޗަށް ކުރި ހޯދައި ފައިނަލް އަށް ދަތުރު ކުރިއެވެ.


ހަމައެހެންމެ އެދުވަހުގެ 17:00 ގައި ކުޅުނު ފައިނަލް މެޗްގައި ވާދަކުރީ އައި.ޖީ.އެމް.އެޗްގެ ޓީމް ”އައި.ސީ.ޔޫ“ އައި ސުކޫލް އޮފް ނާސިންގެ ޓީމް ”ނިއަރެސް“އެވެ. ވަރަށް ފޯރިގަދަ ކުޅުމަކަށް ފަހު ޓީމް އައި.ސީ.ޔޫ، ޓީމް ނިއްރެސްގެ މައްޗަށް ކުރި ހޯދާ މެޗް ކާމިޔާބު ކުރިއެވެ. އެއާ އެކު ނިއަރެސްގެ ޓީމް ހޭންޑު ބޯލް މުބާރާތުގެ ރަނަރަޕަށްގޮސް މިމުބާރަތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލިއެވެ.