ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2 ވަނަ ސެމިސްޓަރުގައި ތިނަދޫ ކެމްޕަހަށް އަލަށް ގުޅުނު ދަރިވަރުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ތިނަދޫ ކެމްޕަސްގެ ގޮފި ނޭކައިން ބޭއްވި ފްރެޝަރސް ނައިޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެްގޮސްފިއެވެ.
މި އަހަރުގެ 2 ވަނަ ސެމިސްޓަރގެ ފްރެޝަރސް ކުރިއަށް ގެންގޮސްފައިވަނީ 29 އޯގަސްޓް ގެ ރޭގަނޑު ތިނަދޫ ކެމްޕަސްގެ ހޯލްގައެވެ. މި އިވެންޓު ކުރިއަށް ގެންގިސްފައިވަނީ “ޔޫފޯރިއާ” ތީމަށެވެ.
މި ޙަރަކާތުގައި މިފަހަރު ކޯސްތަކާ އަލަށް ގުޅުނު ދަރިވަރުންގެ ތެރެއިން 50 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތުގައި ނޭކައިގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން، ނޭކައިގެ ކުރީގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނާއި އިސްވާރުން ބައިވެރި ވެފައިވެއެވެ.
މި ހަރަކާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ނޭކަ އާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ޙިއްޞާކޮށް، ނޭކައިން ރާވާފައިވާ ޙަރަކާތްތަކާ، ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގެ އުސްއަލިތައް ދަރިވަރުންނަށް ކިޔައިދެވިފައިވެއެވެ.
ތަފާތު އެކި ހުށަހެޅުންތަކާއި ގޭމްތަކާއެކު ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި އިސްވާރުންގެ ގުޅުން ބަދަހިވެ އިތުރު ޚިޔާލުތައްވެސް ލިބިގެން ދިޔައެވެ.





