ލ.ގަން ކެމްޕަސްގެ އެޑްމިން އޮފިސަރ ފާތިމަތު ޒިދްނާގެ ހިޔާލުފުޅަށް އިޖާބަދީ ލ.ގަމުގެ މަޝްހޫރު ބީޗްއެއް ކަމަށްވާ އަބޫބަކުރު ބީޗް ސާފުކުރުމަށް އަހުރައިން އަމަލީގޮތުން ބައިވެރިވެއްޖެއެވެ.
އަބޫބަކުރުބީޗް އަކީ މުޅި ލ.ގަން،ފޮނަދޫ ހުރިހާ ރައްޔަތުންގެ މެދުގައި ދަތުރު ދިޔުމަށް ވަރަށް މަޤްބޫލު ވެފައިވާ މަންޒިލެކެވެ.މި ބީޗް ސާފުކޮށް ބަލަހައްޓަމުން އަންނަނީ ލ.ގަން، މަތިމަރަދޫ ވަރަށް ހީވާގި ބޭފުޅެއްކަމުގައިވާ އަބޫބަކުރް އެވެ.އެހެންކަމުން މިބީޗް މަޝްހޫރުވެފައި ވަނީ އަބޫބަކުރު ބީޗްގެ ނަމުންނެވެ.
މި ބިޗް ސާފު ކުރުމަށް ސްކޫލް އޮފް ނާރސިންގެ ދަރިވަރުންގެ އެއްބާރުލުން ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.މީގެ އިތުރުން ލ.ގަން މަތިމަރަދޫ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް ފާހަގަކޮށްލެވެއެވެ.