ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން މިއަހަރު ކުރިޔަށްގެންދިޔަ ފީފާ ޓޯނަމެންޓް ނިންމާލައިފިއެވެ.
މި މުބާރާތް ބޭއްވިގެންދިޔައީ ހުރިހާ ފެކަލްޓީއަކަށް ހުޅުވާލައިގެންނެވެ. މުބާރާތުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ.
އޭޕްރީލް 15 ،16 އަދި 17 ގައި ކުރިޔަށްގެންދިޔަ މި މބާރާތުގައި ޖުމްލަ 58 ބައިވެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 52 ފިރިހެން އަދި އަންހެން 6 ބައިވެރިން ހިމެނެއެވެ.
މި މުބާރާތް ކުރިޔަށް ގެންދެވުނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގައެވެ. ޖުމްލަ 13 ގުރޫޕެއް ހިމެނޭ މި މުބާރާތުގައި ކޮންމެ ގްރޫޕަކުވެސް 4 ބައިވެރިން ހިމެނެއެވެ. މި ބައިވެރިންތަކުގެ ތެރެއިން، ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ބައިވެރިޔާ އަދި 2 ވަނައަށް ދިޔަ ބައިވެރިންތަކުގެ ތެރެއިން އެންމެ މޮޅު 3 ބައިވެރިން ނޮކް އައުޓް ސްޓޭޖްގައި ވާދަކުރިއެވެ. ނޮކް އައުޓް ސްޓެޖްގައި ޖުމްލަ 16 ބައިވެރިން ވަނީ ވާދަކޮށްފައެވެ.


ކުއާޓާގައި މޮޅުވި ބައިވެރިން ސެމީ ފައިނަލްގައި މޮޅު ކުޅުމެއް ދައްކައި ފިރިހެން ޑިވިޝަން ގެ ފައިނަލް މެޗްގައި ބައްދަލުކޮށްފައިވަނީ އައިހަމް މުހައްމަދު އަދި އަހްމަދު އިފްލާހް ސަލީމް އެވެ. ފައިނަލް މެޗް 4-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މިދިޔަ އަހަރު މި މުބާރާތުގައި ރަނަރަޕްކަން ހޯދާފައިވާ އައިހަމް މުހައްމަދެވެ. އަދި އަންހެން ޑިވިޝަން ގެ ފައިނަލް މެޗްގައި ވާދަކުރީ ޖަފްނާ އީސާ އަދި އާއިޝަތް ނަޝާއެވެ. މި މެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޖަފްނާ އީސާއެވެ.


މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް އިން މޮޅުވި ކުޅުންތެރިޔާއަށް ޓްރޮފީ އަދި އިނާމް ހަވާލުކުރުން އޮންނާނީ އެމް.އެން.ޔޫ.އެސް.ޔޫ އިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓްސް ކްލޯޒިން ސެރަމަނީގައެވެ.






