ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އިން ފެކަލްޓީތަކުގެ ހިންގާކޮމެޓީތަކައި ބައްދަލުކޮއްފިއެވެ. މިގޮތުން ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ވިންގްގެ ހިންގާ ކޮމެޓީ އާ ބައްދަލު ކުރުމެގެ ސަބަބުން އެފެކަލްޓީގެ ހިންގާ ކޮމެޓީއަށް ވަނީ އެތައް ބައިވަރު ކަންކަމުން ކުރިޔައްދާން އަލިމަގެއް ފެނިފައެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ބޭއްވުނު މި ބައްދަލުވުމަކީ އެމްއެންޔޫއެސްޔޫ އިން ފެސްޓްއާއި އެކު މި ދައުރުގައި ބޭއްވުނު އެންމެ ފުރަތަމަ ބައްދަލުވުންކަން ފާހަގަކޮށް ކަންތައްތަކުން ކުރިޔައްދާން ވަނީ އެތައް މައުލޫމާތަކާއި ގޮތްތަކެއް އެނގިގެން ގޮސްފައެވެ. 28 ސެޕްޓެމްބަރގެ ރޭ 20:00 ގައި މި ބައްދަލުވުން އެމްއެންޔޫއެސްޔޫ އޮފީހުގައި ބޭއްވިއިރު ފެސްޓްގެ ހިންގާ ކޮމެޓީގެ ހުރިހާ މެންބަރުން ވަނީ ބައިވެރިވެފައެވެ. މިގޮތުން އެމްއެންޔޫ އެސްޔޫގެ ފަރާތުން ރައީސް، މުޙައްމަދު ޝާން އާއި ނާއިބު ރައީސް ( އަމަލީ) އާއި ގޮފިތަކާ ޙަވާލުވެ ހުންނެވި ނައިބުރައީސް އަދި މީގެ އިތުރުން ސެކްރެޓަރީވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.
މިބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އެސްޓާއިން ހިންގާފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތާއި އަދި ކުރިއަށް ހިންގަން ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ވާހަކަތައްވަނީ އެމްއެންޔޫ އެސްޔޫގެ މެންބަރުންނާ މަޝްވަރާކުރެވިފައެވެ. ހަމައެފަދައިން އެމްއެންޔޫއެސްޔޫއަށް ފާހަގަކޮށް ރަނގަޅު ކުރަންޖެހޭ ކަންތައްތައްވަނީ ޙިއްސާކުރެވި ދަތިތަކަށް އަލިމަގެއްވަނީ ފެނިފައެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ހުރި މައްސަލަތައް އެނގި ކަންކަން ކުރަން ފަސޭހަވެގެން ދާނޭކަން ވަނީ ފެސްޓްގެ މެންބަރުން ފާހަގަކޮއްފައެވެ. އަދި މިފަދަ ބައްދަލުވުންތައް ކުރިމަގުގައި އިތުރުވެގެން ދާނޭކަމައް އުންމީދުކުރައްވާކަން ފެސްޓުގެ ހިންގާ ކޮމިޓީގެ މެމްބަރުން ހާމަކުރިއެވެ.