2019 ވަނަ އަހަރު އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުން ރަނަރަޕް ޓީމުގެ ގޮތުގައި ހޮވުނު އެސްޓާގެ ފިރިހެން ވޮލީބޯޅަ ޓީމުގެ މިފަހަރުގެ އަމާޒަކީ ރަންމެޑަލް ހޯދުމެވެ.
މިއަހަރުގެ މުބާރާތަށް އެސްޓާގެ ފަރާތުން އަންހެން ވޮލީ ޓީމަކާއި ފިރިހެން ވޮލީ ޓީމެއް ނެރެއެވެ. ދެޓީމުގެ ފަރިތަކުރުންތަށް ކޮންމެ ރެއަކު ދަނީ ބާއްވަމުންނެވެ. ފިރިހެން ޓީމުގައި 12 ކުޅުންތެރިން ބައިވެރިވާއިރު، އަންހެން ޓީމުގައި ހިމެނެނީ 9 ކުޅުންތެރިންނެވެ.


އަންހެން ޓީމުގެ މިފަހަރުގެ އުއްމީދަކީ މިދިޔަ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމެވެ. ފިރިހެން ޓީމު ނުކުންނަނީ މިދިޔަ އަހަރުގެ ފައިނަލުގެ ނަތީޖާ ބަދަލުކޮށްލުމަށް ތައްޔާރުވެގެންނެވެ. ފިރިހެން ވޮލީ ޓީމުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ސެޓަރު ކަމަށްވާ މުޙައްމަދު އާދަމްގެ ކުޅުން މިފަހަރުވެސް ފެނިގެންދާނެއެވެ.
އެސްޓާގެ ފަރާތުން ފިރިހެން ވޮލީ ޓީމު ނެރެން ފަށާފައިވަނީ 2017ވަނަ އަހަރެވެ. އަންހެން ޓީމު އަލަށް މުބާރާތުގައި ބައިވެރިވީ 2019ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި އެސްޓާ ޓީމަށް ސްޕޮންސަރެއް ވަނީ ހަމަޖެހިފައެވެ. އަދި ކުޅުންތެރިންނަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު 1 މާރޗްވާ އާދީއްތަ ދުވަހު އޮންނާއެވެ.
ލިޔުނީ: އައިމިނަތު ޝީޒާ
މީޑިއާ ކޯޑިނޭޓަރ
އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން (އެސްޓާ)