8 ވަނަ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2022ގައި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)ގެ ފިރިހެން ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ފެސްޓުގެ ޑީން އަލްފާޟިލް އާދަމް ޚާލިދާއި، ފެސްޓުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މަރުހަބާކިޔުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައިފިއެވެ.


އައި.އެފް.ވީ.ބީ.ޓީގެ ފިރިހެން ޑިވިޝަނުގައި ވާދަކޮށް، ފުރަތަމަ ފަހަރަށް ފެސްޓަށް ތަށި ލިބުމުގެ ކާމިޔާބީ ފާހަގަކުރުމަށް ފެސްޓުގެ ފަރާތުން ކުޅުންތެރިންނަށާއި، ކޯޗަށާއި، އޮފިޝަލުންނާއި، އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން (އެސްޓާ)ގެ ހިންގާ ކޮމެޓީއަށާއި، އެހީތެރިވެދިން ހުރިހާ އިސްވާރުންނާއި ފެސްޓުގެ ދަރިވަރުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްފައިވެއެވެ. ރަސްމިއްޔާތަށްފަހު ކުޅުންތެރިންގެ ޝަރަފުގައި ވަނީ ކެއުމެއް ބާއްވާފައެވެ.
މި ފުރުސަތުގައި އެސްޓާގެ ނަމުގައި މި އެންމެހާ ބޭފުޅުންނަށާއި، ފެސްޓުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުދަންނަވަމެވެ. އަދި ކުރިއަށް އޮތް އެސްޓާ ފައިވް-އަ-ސައިޑް ފުޓްސަލް ފިއެސްޓާ ފަދަ ކުޅިވަރުގެ އެހެނިހެން ހަރަކާތްތަކުގައިވެސް މިފަދަ ޖޯޝު ފެންނާނެ ކަމަށް އުންމީދުކުރަމެވެ.






