2023 ވަނަ އަހަރުގެ ފުރަތަމަ ޓާރމަށް ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އާ އަލަށް ގުޅުނު
ދަރިވަރުންނަށް މަރުހަބާ ކިޔުމަށް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން ( އެސްޓާ) އިން ގިއަރ ނައިޓް ބާއްވައިފިއެވެ.
11 މާރޗް 2023 ވީ ހޮނިހިރު ދުވަހުގެ ރޭ ފެސްޓްގައި ކުރިޔަށްދިޔަ މި ހަރަކާތުގައި ފެސްޓްގެ އެކިއެކި ކޯސްތަކާ އަލަށް ގުޅުނު ދަރިވަރުންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ ހަޒާންދާރު އަހުމަދު ސަވާދު، ސެކްރެޓެރީ ޒާޔާ ހަސަން ޢިމްރާން އަދި އެސިސްޓެންޓް ސެކްރެޓަރީ ފާތިމަތު ނައުޝީން ވެސް ވަނީ މި ހަރަކާތުގައި ބައިވެރި ވެފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މި އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެސްޓާ އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމެވެ. މީގެ އިތުރުން ދަރިވަރުންނާއި އެސްޓާގެ ހިންގާ ކޮމެޓީގެ މެންބަރުންނާ ދެމެދު ގުޅުން ބަދަހި ކުރުމުގެ ގޮތުން ވަނީ އެކިއެކި ކުޅިވަރުތައްވެސް ކުޅެފައެވެ. އެގޮތުން ވާމްއަޕް ގޭމްއަކާއި، ޑްރޯވިންގް ޓެލެފޯން ގޭމްގެ އިތުރުން ސްކެވެންޖާރ ހަންޓް ވެސް ވަނީ ކުޅެފައެވެ.
އެސްޓާ ގިއަރ ނައިޓް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި ގޮފީގެ އިސްވާރުންނާއި، ފެކަލްޓީއާއި، އެމް.އެން.ޔޫ.އެސް.ޔޫ އިން ދެއްވި އެހީތެރިކަމަށް ގޮފީގެ ހިންގާ ކޮމެޓީގެ ފަރާތުން ޝުކުރު ދަންނަވަމެވެ.





