އެސްޓާގެ މެމްބަރުން ފެސްޓްގެ ފެކަލްޓީ ޑީން އާ ބައްދަލުކޮށްފި އެވެ.
2023 މާރިޗު 21 ވަނަ ދުވަހު ފެސްޓް ކޮންފަރެންސް ރޫމްގައި ބޭއްވުނު މި ބައްދަލުވުމުގައި އެސްޓާގެ މެމްބަރުން އަދި ފެކަލްޓީގެ ޑީން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގައި އެސްޓާއިން މި އަހަރު ކުރަން ނިންމާފައިވާ ހަރަކާތްތަކާއި އެހެނިހެން ކަންކަން ފެކަލްޓީގެ ޑީން އާހިއްސާކޮށްފައި ވެއެވެ. އަދި ފެކަލްޓީގެ ޑީންގެ ފަރާތުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދީ، އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ޑީން ވަނީ ދެއްވާފައެވެ. އަދި މި ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން ވަރުގަދަކޮށް، ކާމިޔާބު އަހަރަކަށް ހެދުމަށް ވަނީ މަޝްވަރާކުރެވިފައެވެ.
އެސްޓާގެ ފަރާތުން ހިންގާ ހުރިހާ ހަރަކާތެއްގައިވެސް ޑީން ގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަ ކޮށްލެވެއެވެ. އެސްޓާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާ ހަރަކާތްތެރި ގޮތްޕަކަށް ވުމެވެ. އެސްޓާއަކީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ގާއިމުކޮށްފައިވާ ގޮތްޕެވެ.