އެސްޓާއިން “ އާތު އަވާ“ ފާހަގަ ކޮށްފިއެވެ.
އެސްޓާއިން “ އާތު އަވާ“ ފާހަގަކޮށްފައިވަނީ 2023 މާރޗް 25 ވަނަ ދުވަހުގެ ރޭ ވިލިމާލެ ބީޗުގައެވެ. މި ޙަރަކާތުގައި އެސްޓާގެ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ ބައިވެރިވެފައެވެ.
“ އާތު އަވާ“ އަކީ އެސްޓާއިން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެގޮތުން މި އަހަރުވެސް އެސްޓާގެ މެންބަރުން އިސްނަގައިގެން މި ދުވަސް ވަރަށް ފުރިހަމަ ކަމާއެކު ވަނީ ފާހަގަކޮށްފައެވެ.
ކޮންމެ އަހަރެއްގައިވެސް ފާހަގަކުރެވޭ މި ދުވަހުގެ މި އަހަރުގެ ޝިޢާރަކީ ”ގިވް އޭން އަވާރ ފޯ އާތު“ އެވެ.