މެޑިކޯސް އިން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސާރވިސަސްއާ ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ ބްލަޑް ޑްރައިވްތަކުގެ ތެރެއިން މިއަހަރުގެ ދެވަނަ ކުއާޓަރގެ ބްލަޑް ޑްރައިވް، އޮގަސްޓް 31 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ފަހަރު މި ހަރަކާތް މެޑިކޯސްއިން ކުރިއަށް ގެންދަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއެޝަން (ފެސާ) އާ ގުޅިގެންނެވެ.
މިހަރަކާތަކީ ”ރޯލް އަޕް ޔުއަރ ސްލީވްސް- ސޭވް އަ ލައިފް“ މި ޝިޢާރުގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތް އޮންނާނީ، މޯލްޑިވިއަން ބްލަޑް ސާރވިސް (އެމް.ބީ.އެސް) ގައެވެ.
މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެމް.އެން.ޔޫ ގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އަދި އާންމުންނަށްވެސް މިހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހޮނިހިރު ދުވަހު 15:00 އިން 18:00 އަށް ކުރިޔަށްދާ މި ހަރަކާތުގައި ބައިވެރިވެވޭނީ އޮންލައިން ފޯމެއް މެދުވެރިކޮށް، ރަޖިސްޓަރ ވުމަށް ފަހުގައެވެ.
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:
https://forms.gle/PwSdwAuQM7ceB6Gx9
ލޭހަދިޔާ ކުރުމަށް އަންނަ ކުދިންގެ ބަރުދަނުގައި މަދުވެގެން 45 ކިލޯގްރާމް ހުންނަން ޖެހެއެވެ. އަދި ލޭ ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ކުދިންނަށެވެ. މީގެ އިތުރުން ލޭހަދިޔާކުރުމަށް އައުމުގެ ކުރިން، ރަނގަޅަށް ކައިގެން ހުރުމަކީވެސް މުހިންމު ކަމެކެވެ.
މިހަރަކާތް މެޑިކޯސްއިން ކުރިޔަށް ގެންދާތާ މިއީ ތިން ވަނަ އަހަރެވެ. 2022 ވަނަ އަހަރުގެ ތެރޭގައި މިފަދަ 3 ބްލަޑް ޑްރައިވްއެއް ވަނީ މެޑިކޯސްއިން އިންތިޒާމްކޮށްގެން ބާއްވާފައެވެ. އަދި 2023 ވަނަ އަހަރުގެ ތެރޭގައި 2 ބްލަޑް ޑްރައިވްއެއް ބޭއްވިފައިވެއެވެ. މިހަރަކާތް ކުރިޔަށް ގެންދިޔުމުގައި އެމް.ބީ.އެސްގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް، މެޑިކޯސްގެ ފަރާތުން އެކަމަށް ޝުކުރު އަދާކުރެއެވެ.





