ގުރުޒު އިން އިސްނަގައިގެން މި އަހަރުގެ ޖެނުއަރީ އިންޓޭކުގައި އެ ކެމްޕަހަށް އަލަށް ގުޅުނު ދަރިވަރުންނަށް ފްރެޝަރސް ނައިޓް ބާއްވައިފިއެވެ.
9 މާރިޗް 2024 ވީ ހޮނިހިރު ރޭ އެ ކެމްޕަހުގައި މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބާބިކިއުއަކާ އެކުގައެވެ. މިއުޒިކަލް ޗެއަރ ފަދަ ކުޅިވަރުތަކާއެކު ކުރިއަށްދިޔަ މިހަރަކާތުގައި ގުރުޒުގެ ހިންގާކޮމެޓީގެ މެމްބަރުންނާއި، ދަރިވަރުން ޔޫނިއަންގެ ހިންގާކޮމެޓީގެ މެމްބަރުންގެ އިތުރުން 30 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިއީ މިއަހަރު އަލަށް ކެމްޕަހަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމާއި، ދަރިވަރުންގެ ގުޅުން ބަދަހިކުރުމަށް ބޭއްވުނު ހަރަކާތެކެވެ.މިފަހަރުގެ ފްރެޝަރސް ނައިޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ގުރުޒުގެ އިސްވާރުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އަހަރު ގުރުޒުން ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދެވޭނެ ޙަރަކާތްތަކެވެ.
ގުރުޒަކީ ކުޅުދުއްފުށީ ކެމްޕަހުގައި ޤާއިމުކުރެވިފައިވާ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެވެ.





