ކުޅުދުއްފުށި ކެންޕަހުގެ ސްޓޫޑެންޓް އެސޯސިއޭޝަން (ގުރުޒު) އިން މިއަހަރު މުޅިން އަލަށް “ ފީފާ ކިންގ 2024″ ނަމުގައި ކުރިއަށް ގެންދިޔަ ފީފާ މުބާރާތް ނިންމާލައިފިއެވެ.
މި މުބާރާތް ބޭއްވިގެން ދިޔައީ ކެންޕަހުން ބޭރައްވެސް ބަިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ. މާރިޗު 29 އަދި 30 އަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި އިންޑިވިޖުއަލް ގެ ފިރިހެން ޑިވިޝަން ގައި ޖުމުލަ 16 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިމުބާރާތް ކުރިޔަށް ގެންދެވުނީ ކުޅުދުއްފުށި ކެންޕަހުގައެވެ. ލީގް އުސޫލުން ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޖުމުލަ 4 ގްރޫޕު ވާދަކުރިއެވެ.
މެޗްގެ ކުއާޓާ ފައިނަލް ގައި ވާދަކޮއްގެން ސެމީ އާއި ހަމާލައް ދަތުރު ކުރި 4 ބައިވެރިން ވާދަކޮއް، ފައިނަލްއާއި ހަމަޔަށް ދަތުރު ކުރީ ލަޔާން އަދި ސިމާޒްއެވެ. ފިނަލުގައި 5-4 ގެ ސްކޯ އަކުން މުބާރާތުގެ ފަޙުރުވެރި ޗެމްޕިއަންކަން ހޯދައިފައިވަނީ ލަޔާން އެވެ.
ފައިނަލް މެޗް ކުޅެފައިވަނީ 30 ވަނަ ދުވަހުގެ ރޭގަނޑުއެވެ. މި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް ޓްރޮފީ ހަވާލުކޮށްފައިވަނީ 30 މާރިޗު ވީ ދުވަހު، ފައިނަލް މެޗުތަކަށްފަހު ބޭއްވުނު ކުޑަ ހަފުލާއެއްގައެވެ.
މިއީ މި ރަމަޟާންމަހަށް ހާއްސަ ކޮށްގެން ގުރުޒުން ކުރިއަށް ގެންދިއުމަށް ރާވަފިވާ ހަރަކާތްތަކުން 2 ވަނަ އަށް ބޭއްވުނު ހަރަކާތެވެ. މި މުބާރާތައް ވަނީ ދަރިވަރުންނާއި އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައެވެ.






