ގުރުޒުން އިސްނަގައިގެން ވޮލަންޓިއާސް އެޕްސިއޭޝަން އިވްނިންގްއެއް ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ކެންޕަހުގައި މެއި 22 އަދި 23 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ޖޮބް ފެސްޓިވަލްގައި އިސްނަގައިގެން ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވި ދަރިވަރުންގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މެއި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންގޮސްފައިވާ މި ހަރަކާތުގައި އެކުދިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދެވުނެވެ. އަދި ދަރިވަރުންނާއި ގުރުޒާއި ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެކި ގޭމްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި ގުރުޒާއި ދަރިވަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށާއި، މި ހަރަކާތާއި ދޭތެރޭގައި ކުދިން ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް ކުދިން ބުނެފައިވެއެވެ.






