ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށި ކެމްޕަހުގެ ގޮފި، ގުރުޒުން މޫވީ ނައިޓެއް ބާއްވައިފިއެވެ.
ސެޕްޓެމްބަރ 1 ވީ އަންގާރަ ދުވަހުގެ ރޭ 20:15 ގައި ކުޅުދުއްފުށީ ކެމްޕަހުގެ ހޯލުގައި ބޭއްވިގެންދިޔަ މި މޫވީ ނައިޓުގައި އަޅުވާފައިވަނީ ”ލައިޓްސް އައުޓް“ އެވެ.
އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި މޫވީ ނައިޓުގައިވެސް ގުރުޒުންވަނީ ކެންޓީނެއް ހިންގާފައެވެ. އެގޮތުން މިފަހަރު ކެންޓީނުގައި ޕޮޕްކޯނާއި، މޮހީތޯ ފަދަ ތަފާތު ވައްތަރުގެ ކާނާ ވިއްކިއެވެ. މީގެ ތެރެއިން ކުދިންގެ މެދުގައި އެންމެ މަގުބޫލުވީ ޕޮޕްކޯނެވެ.
މި ހަރަކާތަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން މި މޫވީ ނައިޓުގައި 25 އަށްވުރެ ގިނަ ދަރިވަރުންވަނީ ބައިވެރިވެފައެވެ.
މިރަކާތުގެ މައިގަނޑު މަޤުސަދަކީ ދަރިވަރުންނަށް އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ކެމްޕަހަކީ ހަމައެކަނި ކިޔަވަން އޮންނަ ތަނެއްނޫންކަމާއި، ތަފާތު އެތައް ތަޖުރިބާއެއް ކުރުމުގެ މަގު ފަހިކޮށްދޭ ތަނެއްކަން ކުދިންނަށް އިހުސާސްކޮށްދިނުމެވެ. އަދި ހަމައެހެންމެ ގުރުޒުން ކުރިއަށް ރާވާފައި ހުރި ހަރަކާތްތަކަށް ފަންޑު ހޯދުންވެސް ހިމެނެއެވެ.
ކުރިޔަށް އިތްތަނުގައިވެސް ހިންގުމަށް ތަފާތު އެތައް ހަރަކާތްތަކެއް ގުރުޒުންވަނީ ރާވާފައެވެ. ގުރުޒުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އިސްވާރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ގުރުޒުން ވަރަށް އެފަލާއެކު ފާހަގަކުރަމެވެ.





