ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ކަމުގައިވާ، ގުރުޒުން 30 ދަރިވަރުންނާއެކު ”ލީޑާރސް ގެޓްއަވޭ“ އެއް ބާއްވައިފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންދެވިފައިވަނީ ސެޕްޓެމްބަރ 13 ވީ އާދީއްތަ ދުވަހުގެ ހެނދުނު 15:15 – 10:00 އަށް ބޯޒިޔާރަތް ބީޗުގައެވެ. މި ދަތުރުގައި އިސްވާރުންނާއެކު ވައްލެ ނޫޑްލްސް ކައްކާ، ކައިގެން ތަފާތު އެތައް ކުޅިވަރުތަކެއް ކުޅުނެވެ. އެގޮތުން ފައިގަތަޅާ، ވާދެމުން، އަދި މިނޫންވެސް އެތައް މުނިފޫހިފިލުމުގެ ކުޅިވަރުތަކެއް ކުޅުނެވެ. މި ދަތުރު ނިންމާލެވިގެން ދިޔައީ ވަރަށް ފޯރިގަދަކަމާއެކު މޫދު އެރި މަޖާކޮށްގެންނެވެ.
މި ދަތުރުގެ މައިގަނޑު މަޤުޞަދަކީ އަލަށް ގުޅުނު އިސްވާރުންނާއި ގުރުޒުގެ ކުރިންވެސް ހަރަކާތްތެރިވަމުން އަންނަ އިސްވާރުންގެ ދެމެދު ގުޅުން ބަދަހިކުރުމާއި ކިޔެވުމުން ކުޑަ ބްރޭކެއް ނަގާ ސިކުނޑި ތަނަވަސްކޮށްލާ މަޖާކޮށްލުމެވެ.
މި ދަތުރުން ހާސިލުކުރަން ބޭނުންވި ލަނޑުދަނޑި ވަރަށް ފުރިހަމައަށް ހާސިލުވިކަން ދަތުރަށްފަހު ބައިވެރިންގެ ޝުޢޫރުތަކުން އެނގިގެންދިޔައެވެ. ގުރުޒުގެ އުންމީދަކީ ކުރިއަށް ރޭވިފައިހުރި ހަރަކާތްތަކުގައިވެސް ގިނަ ދަރިވަރުންތަކެއް ފެނިގެން ދިޔުމެވެ.





