13 އޮކްޓޯބަރ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ބިޒްނަސް ސްކޫލުން ބޭއްވި ބީއެސް ނައިޓްގައި ހީލާރސް އިން ބައިވެރިވެއްޖެއެވެ. ހީލާރސް އަށް ލިބުނު މި ދަޢުވަތު ގަބޫލުކޮށް ބީއެސް ނައިޓް ގައި އައިޓަމް ހުށައަޅައިދިނީ ފެސާގެ ހަވާސް ޝޯގައިވެސް ހީލާރސް އިން ބައިވެރިވި ކުދިންނެވެ. ބީއެސް ނައިޓަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ބިޒްނަސް ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ފެކަލްޓީގެ ސްޓޫޑެންޓް އެސޯސިއޭޝަން އެން އިސް ނަގައިގެން ބޭއްވި ހަރަކާތެކެވެ.