ހީލާރސް އިން އިއްޔެ ހޭންޑް ވޮޝިން ސެޝަން އެއް އަހްމަދިއްޔާ އިންޓަނޭޝަންލް ސްކޫލުގެ ކަބަސްކައުޓް އަދި ލިޓިލް މެއިޑްސް އަށް ނަގައިދީފިއެވެ. މިއީ ހީލާރސް އިން މިއަހަރު ނަގައިދިން ހަތަރުވަނަ ހެލްތް އެޑިއުކޭޝަން ސެޝަންއެވެ. މީގެ ކުރިން މާފަންނު މަދަރުސާގެ ދަރިވަރުންނަށްވެސް ވަނީ ހޭންޑް ވޮޝިން ސެޝަންއަކާއި ހަށިގަނޑުގެ ގުނަވަންތަކާއި ބެހޭގޮތުން ސެޝަންއެއް ނަގައިދީފައެވެ. އަދި މީގެ އިތުރުން ހިރިޔާ ސްކޫލަށް ޕާރސަނަލް ހައިޖީން އާއިބެހޭގޮތުން ސެޝަން އެއްވެސް ނަގައިދީފައިވެއެވެ.
އިއްޔެގެ މި ސެޝަން ނަގައިދީފައިވަނީ ހީލާރސްގެ ހިންގާ ކޮމެޓީގެ ވައިސް ޕްރެޒިޑެންޓް (އެކަޑަމިކް) މަޒީދްއެވެ. މި ސެޝަންގައި ކިޔައިދީފައިވަނީ ރަނގަޅަށް އަތްދޮންނާނެ ގޮތެވެ.