ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް)ގެ ގޮފި ހީލާރސްގެ ފަރާތުން މިއަހަރު އެފެކަލްޓީ އާއި އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބާއްވާ ވެލްކަމް ނައިޓް ފެބުރުވަރީ 18ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ހީލާރސް އިން ސިލްސިލާ ގޮތެއްގައި ކޮންމެ ސެމިސްޓާއެކުވެސް ކުރިއަން ގެންދާ ވެލްކަމް ނައިޓް މިފަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭގަނޑު 07.45 ން 10.00 އަށް އެފް.އެޗް.އެސް ގެ ހޯލްގައެވެ.
މިހަރަކާތުގައި ދަރިވަރުންގެ ގުޅުން ބަދަހިވާނެ ފަދަ ތަފާތު މަޖާ އެކި ކުޅިވަރުތައް ކުޅުމަށް ވަނީ ރޭވިފައެވެ. މިއަހަރު އެފް.އެޗް.އެސް އަށް ގުޅުނު ކޮންމެ ދަރިވަރަކަށް ވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ކުރިންވެސް ހީލާރސްގެ ފަރާތުން ބޭއްވުނު ވެލްކަމް ނައިޓްތަކަށް ގިނަ ދަރިވަރުންގެ ތަރުހީބު ލިބިފައިވާކަން ފާހަގަކުރަމެވެ.
ހީލާރސް އިން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ އަލަށް އެފް.އެޗް.އެސް އަށް ގުޅޭ ދަރިވަރުންނަށް އެކުވެރި މަޖާ މާހައުލެއްގެ ތެރެއިން އައު އެކުވެރިން ހޯދައި ދަރިވަރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ބާރުއެޅުމެވެ.