ހީލާރސް ގެ ފަރާތުން ”ހީލާރސް ސްނެކް ކޯނަރ“ ގެ ނަމުގައި ފުޑް ސްޓޯލެއް ކުރިއަށް ގެންގޮސްފިއެވެ.
24 މާރިޗު 2022ވީ ބުރާސްފަތި ދުވަހު އެފް.އެޗް.އެސްގައި ކުރިއަށް ދިޔަ މިހަރާކަތަކީ ހީލާރސްގެ ފަރާތުން ކުރިއަށްގެންދަން ރާވާފައިވާ ހަރަކާތްތަކަށް ބަޖެޓް ހޯދުމުގެ ގޮތުން ހިންގޭ ފަންޑް ރައިޒިން ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރިއަށް ގެންދެނެވުނު ފުރަތަމަ ފުޑް ސްޓޯލެވެ. މި ފުޑް ސްޓޯލުގައި ސޭންޑްވިޗް، ހޮޓްޑޯގް އަދި ޓޯސްޓް ފަދަ ބާވަތްތައް ވަނީ ވިއްކާފައެވެ.
މި ފުޑް ސްޓޯލަށް އެފް.އެޗް.އެސްގެ ދަރިވަރުންނާއި ލެކްޗަރާސްގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ހީލާރސްގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ފުޑް ސްޓޯލް ހިންގުމުގައި ހީލާރސް ލީޑާސްގެ ފަރާތުން ވަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައެވެ.
މި އަހަރުގެ ކުރިއަށް އޮތްތަނުގައި ހީލާރސްގެ ފަރާތުން އެމް.އެން.ޔޫ ސެންޓަރަލް އާއި އެފް.އެޗް.އެސް ގައި މިފަދަ ފުޑް ސްޓޯލުތަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.