ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ގޮފި ހީލާސްގެ ފަރާތުން އިސްނަގައިގެން މުޅި އެފް.އެޗް.އެސް އަށް ހުޅުވާލައިގެން ”ހީލާރސް ބޮޑު މާހެފުން ނަމުގައި“ މާހެފުމެއް ކުރިއަށްގެން ގޮސްފިއެވެ.
މިހަރަކާތް ކުރިއަށް ގެންދެވުނީ 26 މާރޗް ވީ ހުކުރު ދުވަހުގެރޭ އެފް.އެޗް.އެސް ހޯލުގައެވެ.
މިމާހެފުމުގައި އެފް.އެޗް.އެސްގެ ދަރިވަރުންނާއި، ލެކްޗަރާސްގެ ފަރާތުން ވަނީ އައިޓަމްސް ތައްޔާރުކޮށްފައެވެ. އެފް.އެޗް.އެސްގެ ހުރިހާ ދަރިވަރުންނާއި، ސްޓާފުންނަށް އަދި ލެކްޗާރާއިންނަށް ދައުވަތު ދެވުނު މިހަރަކާތުގައި 50ށް ވުރެ ގިނަ ދަރިވަރުންނާއި، ގިނަ އަދަދެއްގެ ސްޓާފުން އަދި ލެކްޗަރާއިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހީލާސް ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެފް.އެޗް.އެސްގެ ޑީން ޑރ ފަޒީލާ ވަހީދުވެސް ވަނީ މިހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިދުވަސްކޮޅަކީ އެފް.އެޗް.އެސްގެ ގިނަ ކޯސް ތަކުގެ މިޑް އެގްޒާމާއި، ޔުނިޓް ޓެސްޓުތަށް ކުރިއަށްދާ ދުވަސްވަރަށް ވުމުން ގިނަ ދަރިވަރުންނަށް އަމަލީ ގޮތުން ބައިވެރިނުވެވުނު ކަމުގައި ވިޔަސް، ގިނަ ކްލާސް ތަކަކުން ވަނީ މި މާހެފުމަށް އައިޓަމްސް ތައްޔާރު ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ހީލާރސް އާއި، އެފް.އެޗ.އެސް އަދި ދަރިވަރުންގެ މެދުގައި އޮން ގުޅުން ވަރުގަދަކޮށް އެންމެންއެކީ ބައްދަލުވެ މަޖާވަގުތުކޮޅެއް ހޭދަ ކޮށްލުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.






