ހީލާރސް އިން މިއަހަރު އަލަށް ”މޫވީ މެރަތަން“ އެއް ބާއްވަން ނިންމައިފިއެވެ. މޫވީ މެރެތަން އަކީ އެކި ރޭރޭ މަތިން ސިލްސިލާ ގޮތެއްގައި މޫވީ ސީރީޒް އެއް އެޅުވުމެވެ.
އިންސްޓަގްރާމް ސްޓޯރީގައި ލެވުނު ވޯޓެއްގެ ޒަރިއްޔާއިން މި މެރެތަން އަށް ހޮވިފައިވަނީ ”ހެރީ ޕޮޓާ“ އެވެ.
ހެރީ ޕޮޓާ އަކީ ”ޖޭ.ކޭ ރޯލިންގް“ ގެ މަޝްހޫރު ވާހަކަ ސީރީސްގެ މައްޗަށް ބިނާކޮށް ކުޅެވިގެންދިޔަ ”ފެންޓަސީ“ ފިލްމް ސީރީސްއެކެވެ. މުޅިއެކު 8 ފިލްމު އެކުލެވިގެންވާ މި ސީރީސް އަކީ ދުނިޔޭގެ ގިނަބައެއްގެ ތަރުހީބު ލިބިގެންގޮސްފައިވާ ފިލްމު ތަކެކެވެ.
މިގޮތުން ”ހެރީ ޕޮޓާ“ގެ 8 ފިލްމް މި ސެމިސްޓާ ތެރޭ އެކި ”މޫވީ ނައިޓް“ ގެ ގޮތުގައި އަޅުވަން ވަނީ ހަމަޖެހިފައެވެ.
އަދި އެންމެ ފުރަތަމަ އެޅުވުމަށް ކަނޑައެޅިފައިވަނީ މި ސިލްސިލާގެ ފުރަތަމަ ފިލްމު ކަމަށްވާ ”ހެރީ ޕޮޓާ އެންޑް ދަ ސޯސަރާރސް ސްޓޯން“އެވެ. މި ”މޫވީ ނައިޓް“ ބާއްވަން ހަމަޖެހިފައިވަނީ 07 މާރިޗު ވާ އަންގާރަ ދުވަހުގެރޭ 8 ޖަހާއިރުގައެވެ.
އެފް.އެޗް.އެސް އޮޑިޓޯރިއަމްގައި ފިލްމު ކުރިއަށް ގެންދެވޭ އިރު، ހީލާރސްގެ ފަރާތުން ބެލުންތެރިންނަށް ހާއްސަކޮށްގެން ފުޑް ސްޓޯލް އަދި ފޮޓޯ ބޫތުތައް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގައުމީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މޫވީ މެރަތަންގެ މައިގަނޑު މަގްސަދަކީ އެކި އެކި ފެކަލްޓީތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. އަދި ހަމަ އެހެންމެ ޔުނިވަރސިޓީގައި ދަރިވަރުން ހޭދަ ކުރާ ދުވަސް ތަކަކީ އުފާވެރި ހަނދާންތަކެއް އެކުދިންނަށް ލިބިގެންދާނޭ ދުވަސް ތަކަކަށް ހެދުމެވެ.





