ހީލާރސް އިން ކޮންމެ އަހަރަކުވެސް ބާއްވާ ”ހީލާރސް މާހެފުން“ މިއަހަރުވެސް ބާއްވައިފިއެވެ.
މާހެފުން ކުރިއަށް ގެންދިޔައީ 19 މާރިޗު ވީ އާދީއްތަ ދުވަހު މެންދުރު 1:00 ން 3:00 ށް އެފް.އެޗް.އެސް ކޮންފަރެންސް ހޯލްގައެވެ. މި މާހެފުމުގައި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހުރިހާ ލެކްޗަރާއިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި މާހެފުން ކުރިއަށް ގެންދިއުމުގައި ފެކަލްޓީގެ ހުރިހާ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ހީލާރސް އަށް ލިބިގެން ގޮސްފައިވެއެވެ. އަދި މާހެފުމުގައި ބައިވެރިވުމުގެ ގޮތުން ޖުމްލަ 11 ކުލާހަކުން ވަނީ އައިޓަމު ތައްޔާރު ކޮށްދީފައެވެ.
މިފަދަ ހަރަކާތްތައް ހިންގާ ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ފެކަލްޓީގެ ހުރިހާ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ދަނެ ފަރިތަކުރުވުމެވެ. އަދި ހަމަ އެހެންމެ އެކުވެރި މާހައުލެއްގައި، ދަރިވަރުންނާއި ފެކަލްޓީގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުންވެސް ބަދަހިކޮށް ވަރުގަދަކުރުންވެސްމެއެވެ.
ހީލާރސްގެ މާހެފުމަކީ ކޮންމެ އަހަރެއްގައިވެސް ފެކަލްޓީގެ ހުރިހާ ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބިގެންދާ ހަރަކާތެކެވެ. އަދި ހަމަ މިފުރުސަތުގައި ހީލާރސްއިން ބާއްވާ މިފަދަ ހަރަކާތްތަކަށް ހުރިހާ ދަރިވަރުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ފާހަގަ ކޮށްލަންޖެހެއެވެ.





