”އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން ޓޯނަމެންޓް 2023“ ގެ އެފް.އެޗް.އެސް ބެޑްމިންޓަން ޓީމްއަށް ޖާޒީ ހަވާލުކޮށްފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ 5 އޭޕްރީލް ވީ ބުދަ ދުވަހުގެ ހަވީރު، ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގައެވެ. މި ރަސްމިއްޔާތުގައި ކުޅުންތެރިންގެ އިތުރުން ހީލާރސްގެ ހިންގާ ކޮމެޓީގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ހީލާރސްގެ ހިންގާކޮމެޓީ އިންވަނީ މުބާރާތުގެ މެޗުތަކުގެ ތާވަލު ކުދިންނާ ހިއްސާކޮށް، މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތާއި ގަވާއިދުތައްވެސް ކިޔައިދީފައެވެ. އަދި ހަމަ އެހެންމެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދާންވާނެ އަޙްލާގަށްވެސް ހީލާރސް އިންވަނީ އަލިއަޅުވާލާފައެވެ.
”އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން ޓޯނަމެންޓް 2023“ އަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން އަލަށް މިއަހަރު ކުރިއަށްގެންދެވޭ މުބާރާތެކެވެ.





