ހީލާރސްގެ ލީޑަރުންނަށް ހާއްސަކޮށްގެން ރޯދަވީއްލުމެއް ބާއްވައިފިއެވެ.
މި ރޯދަވީއްލުން ބޭއްވިފައިވަނީ 9 އޭޕްރީލް ވީ އާދީއްތަ ދުވަހު އެމް.އެން.ޔޫ ސެންޓްރަލް ގައެވެ. މި ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން ލީޑަރުންވަނީ އަމިއްލައަށް އިސްނަގައިގެން އެކިއެކި އައިޓަމްތައް ތައްޔާރުކޮށްގެން ގެނެސްފައެވެ. މި ރޯދަވީއްލުމުގައި ޖުމްލަ 16 ލީޑަރުން ވަނީ ބައިވެރިވެފައެވެ.
މި ޙަރަކާތުގެ މަގްސަދަކީ ލީޑަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއެކު، ހީލާރސްގެ ހިންގާކޮމެޓީގެ މެންބަރުންނާއި ލީޑަރުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ވެސް ހަރުދަނާކުރުމެވެ.
”ހީލާރސް ރޯދަވީއްލުން“ ގެ ނަމުގައި ކުރިޔަށް ގެންދެވުނު މި ހަރަކާތަކީ ހީލާރސްގެ ފަރާތުން އަލަށް ހިންގާފައިވާ ހަރަކާތެކެވެ.





