އެމް.އެން.ޔޫ.އެސްޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި ބައިވެރިވާ އެފް.އެޗް.އެސްގެ ޓީމްތަކަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މުބާރާތުގައި އެފް.އެޗް.އެސް ވަނީ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ 21 ސެޕްޓެމްބަރު ވީ ބުރާސްފަތި ދުވަހުގެ ރޭ ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގައެވެ. މި ރަސްމިއްޔާތުގައި ކުޅުންތެރިންނާއި ހީލާރސްގެ ހިންގާ ކޮމެޓީގެ މެންބަރުންގެ އިތުރުން ހީލާރސްގެ ކުރީގެ ރައީސާވެސް ވަނީ ބައިވެރިވެފައެވެ.
މިގޮތުން މި ރަސްމިއްޔާތުގައި ކުޅުންތެރިންނާއި އަދި އޮފިޝަލުންނަށް ޖާޒީ ހަވާލު ކޮށްފައިވަނީ 2022ވަނަ އަހަރުގެ ހީލާރސްގެ ހިންގާ ކޮމެޓީގެ ރައީސާ ހަސްނާ ވިޝާމްއެވެ.
މި ރަސްމިއްޔާތުގައި ހީލާރސްގެ ހިންގާ ކޮމެޓީ އިން ވަނީ މުބާރާތުގެ ތެރޭގައި ކުޅުންތެރިންގެ ފަރާތުން ރިވެތި އަހުލާގު ދެއްކުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ގަވާއިދާއި، މެޗުތަކުގެ ތާވަލްވެސް ވަނީ ކުޅުންތެރިންނާ ހިއްސާ ކުރެވިފައެވެ..
”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ“ އަކީ ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާ މުބާރާތެކެވެ.





