ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ގޮފި ހީލަރސް އިން އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެފް.އެޗް.އެސް ގެ ގޯތި ތެރޭގައި ހީލަރސްގެ ފަރާތުން ފޮޓޯ ނެގުމާއި، ކޭކު ފެޅުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
07 މާރިޗު ވީ ބުރާސްފަތި ދުވަހު މެނދުރު 14:00 އިން 16:00 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެފް.އެޗް.އެސްގެ ޑީން އާއި، ލެކްޗަރާއިންނާއި، ގިނަ އަދަދެއްގެ ސްޓާފުން އަދި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ހީލާރސްގެ ފަރާތުން ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ތައުލީމު ހާސިލް ކުރަމުން އަންނަ އަންހެން ދަރިވަރުންނަށާއި ފެކަލްޓިގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރުމުގެ މަޤުސަދުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން އެފް.އެޗް.އެސްގެ ޑީން ވަނީ ހީލަރސް ގެ ފަރާތުން އެކުވެރިކަން ބަދަހިކުރުމުގެ ނިޔަތުގައި ހިންގާ މިފަދަ ހަރަކާތްތައް ފާހަގަކޮށް، ވީހާވެސް ގިނަކުދިން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީފައެވެ.
ހީލަރސް އިން މިއަހަރު މިފަދަ މުނާސަބު ދުަވަސތަކާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.





