ހީލާރސް އިން ދަރިވަރުންގެ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން ”އެޕްރިސިޢޭޝަން ނައިޓް“ އެއް ބާއްވައިފިއެވެ. މި އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ 18 އޭޕްރީލް ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށް ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ކޮންފަރެންސް ހޯލް ގައެވެ. މި ޙަފްލާ އަކީ އެމް.އްން.ޔޫ.އެސް.ޔޫ ގެ އެކިއެކި ގޮފިތަކުން ރޯދަ މަހާއި ގުޅުވައިގެން ކުރިޔަށް ގެންގޮސްފައިވާ އެކި ހަރަކާތްތަކުގައި އެފް.އެޗް.އެސް ތަމްސީލް ކޮށް އަދި އެކި ވަނަތަށް ޙާސިލް ކޮށްފައިވާ ދަރިވަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ.
މި އިވެންޓުގައި ދަރިވަރުންގެ އިތުރުން ފެކަލްޓީގެ ލެކްޗަރާސް ވެސް ވަނީ ބައިވެރިވެ، ދަރިވަރުންނާއި މުޙާތަބު ކޮށް އެކުދިން ހޯދައިފައިވާ ކާމިޔާބީތަށް ފާހަގަ ކޮށްފައިވެއެވެ. މިގޮތުން، ފެކަލްޓީ ތަމްސީލުކޮށް ހޯދައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި އެމް.އެން.ޔޫ.އެސް.ޔޫ ޟެޓްސް ކެރަމް މުބާރާތުގެ އަންހެން ޑިވިޝަނުން ދެވަނަ އަސްފާ އާދަމް ހޯދާފައި ވާއިރު، އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަހަ މުބާރާތުގައި ވަކިވަކި މަދަހައިގެ ބައިން މުޅި މުބާރާތުން އެއްވަނަ، މަރިޔަމް ޒިމާ ވަނީ ހޯދާފައެވެ. އަދި ހަމަ އެހެންމެ އެމް.އެން.ޔޫ.އެސް.ޔޫ .އެސް.އެސް.އެލް ގުރްއާން މުބާރާތުގެ ނުބަލައި ކިޔުމުގެ ބައިން އެން މޮޅު ފަސް ދަރިވަރުންގެ ތެރޭގައި އެފް.އެޗް.އެސްގެ އެއް ދަރިވަރަކު ވަނީ ހިމެނިފައެވެ. އެފްއެޗްއެސް ގެ ދަރިވަރުން ވަނީ އެމް.އެން.ޔޫ.އެސް.ޔޫ – ބީ.އެސް.އެސް.އޭ ފީފާ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިޔަން ތަށި އައިޝަތު ލައިޝާ އަހުމަދު ހޯދައިފާ ވާއިރު، އެފް.އެޗް.އެސް އިން ވަނީ ޓީމް އިވެންޓުން ވެސް އެއްވަނަ ހޯދައިފައެވެ.
ދަރިވަރުންގެ މިފަދަ ކާމިޔާބީތައް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤުސަދަކީ މިފަދަ މުބާރާތް ތަކުގައި ދަރިވަރުން ބައިވެރިވެ ހުނަރުތައް ދައްކާލުމަށް ހިއްވަރުދިނުމެވެ.
ހީލާރސް އިން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް ފެކަލްޓީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާކަން ފީހަގަކޮށްލެވެއެވެ.





