”މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓާ ފެކަލްޓީ ވޮލީ ޓޯނަމެންޓް 2025“ ގެ އެފް.އެޗް.އެސްގެ ވޮލީ ޓީމްތަކަށް ޖާޒީ ހަވާލުކޮށްފިއެވެ. ޓޯނަމެންޓުގައި އެފް.އެޗް.އެސް އިން އަންހެން އަދި ފިރިހެން ޑިވިސަންގައި ބައިވެރި ވެފައިވެއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ 8 އެޕްރީލް ވީ ބުދަ ދުވަހުގެ މެންދުރު 13:30، ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގައެވެ. ޖާޒީތައް ކުޅުންތެރިންނަށް ހަވާލު ކޮށްދެއްވީ ފެކަލްޓީގެ ޑީން އައިޝަތު ޝަނޫރާ، ސީނިއާރ ލެކްޗަރާ މަރިޔަމް ނީރިސް އަދި ޑެޕިއުޓީ ޑިރެކްޓާރ ހަސަން މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި ކުޅުންތެރިންގެ އިތުރުން ހީލާރސްގެ ހިންގާ ކޮމެޓީގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ހީލާރސްގެ ހިންގާކޮމެޓީ އިންވަނީ މުބާރާތުގެ މެޗުތަކުގެ ތާވަލު ކުދިންނާ ހިއްސާކޮށް، މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތާއި ގަވާއިދުތައްވެސް ކިޔައިދީފައެވެ. އަދި ހަމައެހެންމެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދާންވާނެ އަޚްލާޤީ މިންގަނޑަށްވެސް ހީލާރސް އިންވަނީ އަލިއަޅުވާލާފައެވެ. އަދި ޑީންވެސް ކުޅުންތެރިންނާ މުހާތަބުކޮށް ހިތްވަރު ދިނުމުގެ ގޮތުން ކުޅުންތެރިންނަށް ކާމިޔާބު ކުޅުމަށް ކުރެވިދާނެ ކަންކަން ކިޔައިދެއްވިއެވެ.