ލެބޯޓަރީ ދާއިރާގައި މަސައްކަތްކުރާ ލެބް ޓެކްނިޝިއަނުންގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ’މެޑިކަލް ލެބޯޓަރީ ޕްރޮފެޝަނަލް ވީކް‘ މިފެށުނު އާދީއްތަދުވަހު ހީލަރސް އިން ފާހަގަކުރަން ފަށައިފިއެވެ.
ލެބް ވީކް ފެށުމުގެ ގޮތުން ހީލާރސްއިން ވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ކޮލެޖް އިމާރަތް ލެބް ވީކާ ެގުޅޭނޭހެން ޒީނަތްތެރިކޮށ،ް ލެބް ދަރިވަރުން އަދި ލެކްޗަރާސް ހިމެނޭހެން ކޭކު ފެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ހަމަ މިޔާއެކު ދަރިވަރުންނާއި ލެކްޗަރާސްގެ މެދުގައި ’ލައިވް ކަލްޗާ‘ ގެ ނަމުގައި އަގަރް އާރޓް މުބާރާތެއްވެސް ވަނީ މި
ހަފްތާގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ލެބް ވީކާ ދިމާކޮށްގެން ކުރިޔަށްގެންދެވުނު ލޯގޯ ޑިޒައިނިންގެ އެންމެ މޮޅު ލޯގޯ ވެސް ވަނީ ހާމަކޮށްފައެވ.ެ
ހަމަ މިޔާއެކު މި ހަފްތާގެ ތެރޭގައ،ި ލެބް ވީކް ފާހަގަ ކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއް ވެސް ެކުރިޔަށްގެންދިޔުމަށް ވަނީ ރޭވިފައެވެ.
މެޑިކަލް ލެބޯޓަރީ ޕްރޮފެޝަނަލް ވީކް އަކީ ލެބޯޓަރީ ދާއިރާގައި މަސައްކަތްކުރާ ލެބް ޓެކްނިޝިއަނުންގެ
އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން 26 ވަނަ ދުވަހަށް ހީލާރސްއިން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.