2 އަހަރުގެ މެދުކެނޑުމަކަށް ފަހު ހީލާރސް ޝޯ 7 ނޮވެމްބަރް 2025 ވީ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ.
ހީލާރސް ޝޯގެ މައިގަނޑު މަގުސަދަކީ ކިޔެވުމުގެ އިތުރުން ދަރިވަރުންގެ ހުނަރުތައް ތަރައްގީ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުމެވެ.
މިގޮތުން އެކި ފެކަލްޓީތަކުން ތަފާތު އެކި ހުށެހެޅުންތަށް ހުށަހަޅާފަައިވާއިރު ހުރިހާ އައިޓަމަކަށްވެސް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން މަޖާ ޑްރާމާ، އެކި ޖޯންރާގެ ލަވަތަކުގެ ޑާންސް އަދި ދަރިވަރުންގެ ލަވަކިޔުމުގެ ހުނަރު ދައްކުވައިދިން ބޮޑުބެރު އަދި ކަރޯކޭވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނި ހަރަކާތްތަކަކި ދަރިވަރުން ޝައުގުވެރިކުރެވި، ބޮޑު ތަރުހީބެެއް ލިބިގެންދިޔަ އައިޓަމްތަކެކެވެ.






