ނެޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ’ވޯލްޑް ޑްރަގް ޑޭ‘ ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ”އަހަރެމެންނާއެކު އެކްސްޕޯ“ ގައި މެޑިކޯސްގެ ދަރުމަވެރިން ބައިވެރިވެއްޖެއެވެ. މި ހަރަކާތުގައި އެސްއެމްގެ ދަރިވަރުން ބައިވެރިވެފައިވަނީ ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަންގެ ސްޓޯލްގައެވެ.
މިހަރަކާތް ކުރިޔަށް ގޮސްފައިވަނީ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4 ން ފެށިގެން ރޭގަނޑު 10 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މިހަރަކާތުގައި ’ޝީ’ގެ ސްޓޯލްގައި ހެލްތު ސްކްރީނިންގ އަދި ސިއްހީ މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން ލޭގެ ޕްރެޝަރު ބެލުމާއި ހަކުރު އަދި ބީއެމްއައި ހުރި މިންވަރު ބެލުމުގެ ޚިދުމަތް މިސްޓޯލުން ފޯރުކޮށްދީފައިވެއެވެ.
މެޑިކޯސްއިން ދަނީ މިފަދަ ގިނަ ހަރަކާތްތަކުގައި އެސްއެމްގެ ގިނަ ދަރިވަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދެމުންނެވެ. މި ދަރިވަރުންގެ މަސައްކަތުގެ ސަބަބުން މުޅި އެމްއެންޔޫއަށް ވެސް ރީތި ނަން ލިބިގެންދާކަމީ މެޑިކޯސްގެ ފަރާތުން މިފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ހިތްވަރެކެވެ.





