އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި ވާދަކުރާ ސްކޫލް އޮފް މެޑިސިންގެ ފުޓްސަލް ޓީމަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރަސްމިއްޔާތު މިއަދު ބޭއްވިގެން ގޮސްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 14 ވަނަ ފަންގިފިލާގައެވެ. ކުޅުންތެރިންނާ ޖާރޒީ ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް ޢަބްދުﷲ ޝަހުނީޒް އެވެ.
މިރަސްމިއްޔާތުގައި އެސް.އެމް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި މެޑިކޯސް ހިންގާ ކޮމިޓީގެ މެމްބަރުން ބައިވެރިވެފައި ވެއެވެ. މުބާރާތުގައި ކުޅުންތެރިން ލާނެ ކިޓް ސްޕޮންސަރ ކޮށްދީފައި ވަނީ ’ސްކިން އެސެންސް ބައި ރުބެލްލައިޓް މޯލްޑިވްސް‘ ގެ ފަރާތުންނެވެ.
މިއީ މިމުބާރާތުގައި އެސް.އެމް އިން ވާދަކުރާ ދެވަނަ ފަހަރެވެ. މެޑިކޯސްގެ އަމާޒަކީ ކުރީ އަހަރުގެ މުބާރާތަށް ވުރެން ރަނގަޅު ކާމިޔާބީއެއް މިއަހަރުގެ މުބާރާތުގައި ހޯދުމެވެ.