”އެމް.އެން.ޔޫ.އެސް.ޔޫ- މެޑިކޯސް ހިދާޔަތު ސުވާލު މުބާރާތް 1445″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސްކޫލް އޮފް މެޑިސިންގެ ގޮފި މެޑިކޯސް ގެ އިސްނެގުމުގެ މަތިން ދަރިވަރުންގެ ޔޫނިއަން އާއި ގުޅިގެން ކުރިއަށް ގެންދާ މި ސުވާލު މުބާރާތަކީ މި ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ގޫގުލް ފޯމެއް ފުރުމަށްފަހުގައެވެ. މި މުބާރާތިގައި ބައިވެރިވާން އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިހާރު ވަނީ 27 މާރިޗު ވާ ބުދަ ދުވަހުގެ 14:00 އާ ހަމަޔަށް އިތުރު ކުރެވިފައެވެ.
ރަޖިސްޓްރޭޝަން ފޯމް: https://forms.gle/TwgnG3KCmmYAR7799
މި މުބާރާތަކީ ވާދަވެރި މާހައުލެއްގައި ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކެއްގެ ދަރިވަރުންނަށް ދީނީ އެކި މައުލޫމާތުތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދީ ދަރިވަރުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ ހަރަކާތެކެވެ. މީގެ ކުރިންވެސް މެޑިކޯސްއިން އިސްނަގައިގެން 2022، 2021 އަދި 2023 ވަނަ އަހަރު ވަނީ އޮންލައިންކޮށް ޓެލެގްރާމް ޗެނެލް މެދުވެރިކޮށް ރަމަޟާން ސުވާލު މުބާރާތެއް ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައެވެ.
މި ފަހަރުގެ މުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕް ސްޓޭޖްގެ 3 ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލުގައި ބައްދަލުކުރާނެއެވެ.
މުބާރާތުގައި ކޮންމެ ފެކަލްޓީއަކުންވެސް ބައިވެރިވެވޭނީ މަދުވެގެން 4 ދަރިވަރުން އަދި ގިނަވެގެން 6 ދަރިވަރުންގެ 1 ޓީމަށެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުމަށްފަހު 29 މާރިޗު ވާ ހުކުރު ދުވަހުގެ ހަވިރާއި ރޭގަނޑުއެވެ. އަދި މުބާރާތުގެ ފައިނަލަށްދާ ދެ ޓީމު ބައްދަލުކުރާ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 މާރިޗު ވާ ހޮނިހިރު ދުވަހުގެ ރެޔެވެ.
މިއީ މިފަދަ މުބާރާތެއް ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.





