1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގެ ގޮފި ނޭކަ އިން ބާއްވާ ފުރަތަމަ ‘ހެޔޮހިތުން – ތަށިބަރި ހަރަކާތް’ ފަށައިފިއެވެ.
ތިނަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުން އަދި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ނޭކަ އިން ކުރިއަށް ގެންދިއުމަށް ނިންމި މިހަރަކާތް މިއަދު ފަށާދީފައިވަނީ ނޭކައިގެ އިންތިޚާބީ ރައީސާ ފާޠިމަތު މީސަމް މުޙައްމަދެވެ. މި ހަރަކާތުގެ ތެރެއިން ފުރަތަމަ ތަށިބަރި ހަވާލުކުރެވިފައިވަނީ ތިނަދޫ ކެމްޕަސްގެ މެނޭޖަރ ލައުޝާ މުޙައްމަދަށެވެ.
މި ހަރަކާތުގައި ކެމްޕަހުގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި އޮންނާނީ އެކި ދުވަހު އެކި ދަރިވަރުންގެ ފަރާތުން އެކި ދަރިވަރުންނަށް ރޯދަ ވީއްލުމަށް ތަށިބަރި ގެންގޮސްދިނުމެވެ.





