ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ނޭކައިގެ މި އަހަރުގެ ދެވަނަ މޫވީ ނައިޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
4 ސެޕްޓެމްބަރު ހުކުރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ތިނަދޫ ކެމްޕަހުގައި ބޭއްވި މި މޫވީ ނައިޓްގައި އަޅުވާފައިވަނީ ބިރުވެރި ފިލްމެއް ކަމަށް ވާ ”ވުމޭން އިން ދި ޔާރޑް” އެވެ.
އެހެން ފަހަރުތަކާ ޚިލާފަށް މި މޫވީ ނައިޓަކީ ނޭކައަށް ރުފިޔާ ހޯދުމަށް ހިންގުނު ހަރަކާތެއް ނޫނެވެ. މި ހަރަކާތަކީ ތިނަދޫ ކެމްޕަސްގައި ނަރުސްކަން ކިޔަވާ ސެމިސްޓަރ 5 ގެ ކުދިންގެ އިވެންޓަކަށް ނޭކައިން އެހީވުމުގެ ގޮތުން އެ ކުދިންނާވެސް ގުޅިގެން ހިންގުނު ހަރަކާތެކެވެ. އެގޮތުން އރ ކުދިން ވަނީ ކެންޓީނެއް ހިންގާފައެވެ. އމިފަހަރުގެ ކެންޓީނުގައި ޕޮޕްކޯނާއި ސޮސެޖް ފަދަ ތަފާތު ވައްތަރުގެ ކާނާ ވިއްކިއެވެ.
މި ހަރަކާތަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން މި މޫވީ ނައިޓްގައި ގިނަ ކޯސްތަކުގައި ކިޔަވާ ކެމްޕަސްގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ފުރުސަތުގައި ނޭކައިގެ ހަރަކާތްތަކުގައި ބައިވެރިވާ އިސްވާރުންގެ ގުޅުން ބަދަހިކޮށް އެހީތެރިވުމުގެ ސިފަ ދައްކުވާތީ ޝުކުރު އަދާކުރަމެވެ. އަދި މިފަދަ އިތުރު ހަރަކާތްތައް ރޭވިފައި ހުރިކަން ފާހަގަކުރަމެވެ.





