ތިނަދޫ ސިޓީގައި ކޭމްޕް ކުރުމަށް އައިސްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޓީމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސް އަދި ކެމްޕަހުގެ ގޮފި ނޭކައިން ޓީމް ބިލްޑިންގ އިވެންޓެއް ކުރިއަށް ގެންގޮސްފިއެވެ.
ޓީމް ބިލްޑިންގގެ މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 7 ސެޕްޓެމްބަރު ހޯމަ ދުވަހުގެ ރޭގަނޑު ތިނަދޫ ކެމްޕަސްގެ ހޯލްގައެވެ.
ނިއު ރޭޑިއަންޓު ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވި މި ސެޝަނުގައި ފަރސްޓް އެއިޑް ގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގިސްފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ނޭކަ ހިންގާ ކޮމިޓީ އަދި ކެމްޕަސް މެނޭޖްމެންޓް ގުޅިގެން އެކި ހަރަކާތްތައް ބަހާލައިގެންނެވެ.
ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ވިދާޅުވި ގޮތުގައި ތިނަދޫ ކެމްޕަސް އަދި ނޭކައިން ހިންގި މި ހަރަކާތުން އެ ކުޅުންތެރިންނަށް މުހިންމު އައު ކަންތައްތަަކެއް ދަސްވެފައިވެއެވެ. އަދި ޓީމުގެ މެދުގައި ރަނގަޅު ރޫހެއް އުފެދިފައިވެއެވެ.





