Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ގޮފިތައް ނިއަރެސް

ޝައްވާލުމަހުގެ 6 ރޯދަ

ނިއަރެސް by ނިއަރެސް
2020-05-28
in ނިއަރެސް, ގޮފިތަކުގެ ރިޕޯޓްތައް
ޝައްވާލުމަހުގެ 6 ރޯދަ

ރޯދައަކީ މާތް ﷲގެ ޙަޟްރަތުގައި ވަރަށް މަތިވެރި ދަރަޖައެއް ދެވިގެންވާ އަޅުކަމެކެވެ. އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި މި އަޅުކަން ހިމެނިފައި އޮތުމަކީ މިއަޅުކަމުގެ މަތިވެރިކަން އަންގައިދޭ ކަމެކެވެ. ކަން މިހެން އޮތުމާއެކު އަޅުގަނޑުމެންނަށް ވީވަރަކުން ގިނަގިނައިން މިއަޅުކަން އަދާކުރަން ވާނެއެވެ. ހަމައެކަނި އަޅުގަނޑުމެން، މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ ރަމަޟާންމަހުގެ ރޯދައިގެ އިތުރުން ސުންނަތް ރޯދަތައް ހިފުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

އެގޮތުން ޝައްވާލުމަހުގެ ސުންނަތް 6 ރޯދައަކީ އަޅުގަނޑުމެން ހިފުން މޮޅުއިތުރު ވެގެންވާ 6 ރޯދައެކެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޝައްވާލް މަހުގެ 6 ރޯދަ ހިފުމަށްވެސް އިރުޝާދު ދެއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން ޝައްވާލުމަހުގެ ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ.“

ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގައި ބައެއް ކަހަލަ ސުވާލު ފެންމަތިވާ ފަހަރުތައް މަދުމަދުން ނަމަވެސް އާދެއެވެ. އެގޮތުން އެންމެ ޢާންމު ސުވާލެއް ގޮތުގައި ފާހަގަވަނީ ރަމަޟާންމަހު ގެއްލުނު ރޯދަތައް ހިފުމުގެ ކުރިން ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެތޯ ކުރާ ސުވާލެވެ.

މި ކަމުގައި ދެ ރައުޔެއް އޮވެއެވެ. ފުރަތަމަ ރައުޔަކީ އިމާމް އަޙްމަދު ރަޙިމަހުﷲ ގެ މަޒްހަބުގެ ރަޢުޔެވެ. އެއީ ޝައްވާލުމަހުގެ 6 ރޯދަ ހިފަން ޖެހޭނީ ރަމަޟާންމަހުގެ ރޯދަތައް ހިފައި ފުރިހަމަ ކުރުމަށް ފަހުގައި ކަމެވެ. މިކަމުގެ ދަލީލަކީ އިސްވެ ބުނެފައިވާ ޙަދީޘްގައި ”ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން“ މިހެން އައިސްފައިވުމެވެ. އެހެން ކަމުން އެންމެ ޞައްޙަ ގޮތް ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ރަމަޟާންމަހުގެ ރޯދަ ހިފައި ނިންމުމަށްފަހު ޝައްވާލު މަހުގެ 6 ރޯދަ ހިފުމެވެ.   

 ދެވަނަ ރައުޔަކީ، އިމާމް އަބޫޙަނީފާ ރަޙިމަހުﷲ، އާއި އިމާމް މާލިކު ރަޙިމަހުﷲ، އާއި އިމާމް ޝާފިޢީ ރަޙިމަހުﷲ ގެ މަޒްހަބުގެ ރައުޔެވެ. އެއީ، ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލުނު ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ 6 ރޯދަ ހިފުމަކީ ހުއްދަވެގެންވާ ކަމެއް ކަމުގައެވެ. މިކަމުގެ ދަލީލަކީ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެވެ.  އެ އާޔަތުގެ މާނައިގައިވެއެވެ. ”އަދި ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އަދަދު ހަމަކުރުން ހުއްޓެވެ.“ މި އާޔަތުގައި އަންގަވައިވަނީ ރޯދަ ޤަޟާ ކުރަން ޖެހޭނެ ވާހަކައެވެ. އެއްވެސް ޙާލެއްގައި ރަމަޟާން މަހާއި ވިދިގެން އެ ރޯދަ ހިފުމަށް ނުވަތަ އޭގެ ކުރިން އެހެން ރޯދައެއް ނުހިފުމަށް އަންގަވައިފައެއް ނުވެއެވެ.

މީގެ އިތުރުން ޢުޛުރުވެރިންނަށް ޝައްވާލުމަހުގެ 6 ރޯދަ ރަމަޟާންމަހު ގެއްލިފައިވާ ރޯދަތައް ޤަޟާކުރުމުގެ ކުރިން ހިފިދާނެއެވެ. މިސާލަކަށް ޙައިޟު ނުވަތަ ނިފާސްކަމުގެ ސަބަބުން ރަމަޟާން މަސް ނުވަތަ ރަމަޟާން މަހުން ބޮޑު ބައެއްގައި ރޯދަ ދޫވެފައިވާ ނަމަ އަދި ޝައްވާލުމަސް ނިމުމުގެ ކުރިން ޤަޟާ ނުކުރެވޭ ވަރަށް ރޯދަތައް ދޫވެފައިވާނަމަ ޤަޟާ ރޯދައިގެ ކުރިން ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެއެވެ. މިފަދަ ޢުޛުރެއް ދިމާވެފައި ނުވާނަމަ، ރަމަޟާން މަހުގައި ދޫވެފައިވާ ރޯދަތައް ޤަޟާ ކުރުމުގެ ކުރިން ޝައްވާލުމަހުގެ ރޯދަތައް ހިފިދާނެއެވެ. ސަބަބަކީ ރަމަޟާން މަހުގައި ދޫވެފައިވާ ރޯދަތައް ޤަޟާ ކުރުމަށް މުޅި އަހަރު ދުވަސް ލިބޭތީއެވެ.

  

ޤަޟާ ރޯދަ ހިފަމުންދާއިރު ޝައްވާލުމަހުގެ 6 ރޯދައާއި އެއްކޮށް ނިޔަތްގަނެ ދެކަން އެކީ ޙާސިލްކުރެވިދާނެތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދައެވެ. ޢިލްމުވެރިން މިއަށް ދެއްވާ ޖަވާބަކީ ފަރުޟު ރޯދައާއި ޝައްވާލުމަހުގެ 6 ރޯދައިގެ ނިޔަތް ޖަމްޢު ނުކުރެވޭނެ ކަމެވެ.  އެހެންކަމުން މުޅި އަހަރު ރޯދަ ހިފިކަމުގެ ޘަވާބު ލިބޭނީ ރަމަޟާން މަހުގެ ރޯދަތައް ހިފައި ނިންމާފައި ޝައްވާލުމަހުގެ ރޯދަ ހިފީމައެވެ.

ޝައްވާލުމަހުގެ 6 ރޯދަ ޖައްސަޖައްސައިގެން ހިފުމަކީ ލާޒިމެއް ނޫނެވެ. މީގެ ދަލީލަކީ ޙަދީޘްގައި ޝައްވާލުމަހުގެ ރޯދަ ހިފުމަށް އަންގަވާފައި ވާއިރު ވަކި ގޮތަކަށް ހިފުމަށް އަންގަވާފައި ނެތުމެވެ. އެހެންކަމުން އެ މީހަކަށް ފަސޭހަ ގޮތަކަށް ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެއެވެ.  

ޝައްވާލުމަހުގެ 6 ރޯދައަކީ ޝައްވާލުމަހުގައި ހިފަން އަންގަވާފައިވާ ހެޔޮކަން ބޮޑުވެގެންވާ ސުންނަތް ރޯދަތަކެކެވެ. އެހެން ކަމުން އަސްލަކީ ޝައްވާލުމަހުގައި މި ސުންނަތް ރޯދަތައް ހިފުމެވެ. އެހެން ނަމަވެސް މަޤުބޫލު އުޛުރަކާއި ލައިގެން ޝައްވާލުމަހު  ރޯދަތައް ހިފޭނެ ގޮތް ނުވެއްޖެނަމަ، އެ އުޛުރު ފިލައިގެން ދިޔަހާ އަވަހަކަށް މިރޯދަތައް ހިފައި ނިންމުން ހުއްދަވެގެންވެއެވެ.

އަޅުގަނޑުމެން، މުސްލިމުންގެ ތެރެއިން ގިނަ މީހުންނަކީ ޝައްވާލު މަހުގެ ސުންނަތް 6 ރޯދަ ހިފާ މީހުންނެވެ. އަދި މައިންބަފައިން ދަރިންނަށް ވެސް މިކަމަށް ވަރަށް ބޮޑަށް ބާރުއަޅަމުން ގެންދެއެވެ. ސަބަބަކީ މި ކަމުގައި އެކުލެވިގެންވާ ޘަވާބާއި ދަރުމައިގެ ބޮޑުކަމުންނެވެ. މާތް ﷲ އަޅަމެން އެންމެންނަށް ރޯދަހިފުމުގެ ތަޢުފީޤު ދެއްވާ، އަޅަމެން ހިފާ ރޯދައިގެ ޘަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި އަޅަމެންނަށް ދެއްވާނދޭވެ. އާމީން.

ލިޔުނީ: މަރިޔަމް މަލަކާ މާހިރު،
މީޑިއާ ކޯޑިނޭޓަރ، ނިއަރެސް

ރެފަރެންސް:
https://ilm.mv/7801/?fbclid=IwAR0TzFRwMb1ax1fT4hOOBOeU884d1IsKaPVcX1u70ggDqbV-E364eUzrUrg
https://shafiu.mv/?p=599
https://dhisalafiyyah.net/article/14790
tps://miadhu.mv/article/read/26782

ނިއަރެސް

ނިއަރެސް

ނިއަރެސް އަކީ އެމް.އެން.ޔޫ ސްކޫލް އޮފް ނާރސިންގ ގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނޭކައިން މި އަހަރުގެ ހަރަކާތްތައް ނިންމާލުމަށް އިސްވާރުންގެ ޚާއްސަ ދަތުރެއް!

ނޭކައިން މި އަހަރުގެ ހަރަކާތްތައް ނިންމާލުމަށް އިސްވާރުންގެ ޚާއްސަ ދަތުރެއް!

2026-11-07
ނޭކަ ގްރޭންޑް ސްޓޭޖްގެ 2ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި!

ނޭކަ ގްރޭންޑް ސްޓޭޖްގެ 2ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި!

2026-11-07
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 15 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ނަތީޖާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 15 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ނަތީޖާ

2026-11-01
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

2026-10-22
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ ދައުރުގެ އަހަރީ ޢާންމު ޖަލްސާއާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ ދައުރުގެ އަހަރީ ޢާންމު ޖަލްސާއާ ގުޅޭ

2026-10-21
8 ވަނަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ނޭކައަށް !

8 ވަނަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ނޭކައަށް !

2026-10-20
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab