ނިއަރެސް އިން މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މީއީ އެމް.އެން.ޔޫގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ދަރިވަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި މުނިފޫހި ފިލުވާދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު މޫވީ ނައިޓެކެވެ. މޫވީ ނައިޓް ކުރިއަށް ގެންގޮސްފައި ވަނީ 2023 މާރިޗު 15 ވީ ބުދަ ދުވަހުގެ ރޭ ”އެފް.އީ އޮޑިޓޯރިއަމް“ ގައެވެ.
މިއަހަރުގެ ފުރަތަމަ މޫވީ ނައިޓްގައި އަޅުވާފައި ވަނީ ”ފްރެންޑްސް ރީޔޫނިއަން“ އެވެ. މޫވީ އަށް އައި ކުދިންނަށް ޚާއްޞަކޮށްގެން ”ފުޑް ސްޓޯލް“ އެއް ވަނީ ނިއަރެސްގެ ހިންގާ ކޮމެޓީ މެންބަރުންނާއި ނިއަރެސްގެ އިސްވާރުން ގުޅިގެން ކުރިއަށް ގެންދެވިފައެވެ.
ސިލްސިލާ ގޮތެއްގައި ނިއަރެސްގެ ފަންޑް ރެއިސިންގް އިވެންޓްތައް ކުރިއަށްގެންދިޔުމަށް ވަނީ ރޭވިފައެވެ. މިއަހަރުގެ ކުރިއަށް އޮތްތާވެސް އިތުރު މޫވީ ނައިޓުތައް ބޭއްވުމަށް ނިއަރެސްއިން ވަނީ ރާވާފަ އެވެ. އަދި މި ޓާރމުގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން މާރިޗު 18 ވާ ހޮނިހިރު ދުވަހު ނިއަރެސް އިސްވާރުންނާއި ސުކޫލް އޮފް ނާރސިންގގެ ދަރިވަރުން އަދި ލެކްޗަރާއިން ހިމެނޭގޮތަށް މާހެފުމެއް ކުރިޔަށްގެންދިޔުމަށްވަނީ ރޭވިފައެވެ.





