ސްކޫލް އޮފް ނާރސިންގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ނިއަރެސް އިން ތަރާވީހެއް ބާއްވައިފިއެވެ.
މިއީ ނިއަރެސްގެ ހިންގާ ކޮމިޓީ އާއި ސްކޫލް އޮފް ނާރސިންގެ ލެކްޗަރާއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ތަރާވީހެކެވެ.
ނިއަރެސް ތަރާވީސް 1444 ކުރިއަށް ގެންގޮސްފައިވަނީ 1 އެޕްރީލް 2023 ވީ ހޮނިހިރު ދުވަހު އެސް.އެންގެ ކިލާސް ރޫމް (S6-03) ގައެވެ. މި ތަރާވީހުގައި ސްކޫލް އޮފް ނާރސިންގެ ބައެއް ލެކްޗަރާސް އަދި ކުރީގެ ބައެއް ހިންގާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނާއި ލެކްޗަރާއިންގެ މެދުގައި ގުޅުން ބަދަހި ކުރުމާއެކު އެކުވެރި މާހައުލެއް ބިނާކުރުމެވެ. ނިއަރެސްގެ އުއްމީދަކީ މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވުމެވެ.