އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ 9 ވަނަ ވޮލީ މުބާރާތު ގައި ސްކޫލް އޮފް ނާސިންގގެ ފަރާތުން ވާދަކުރާ 2 ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރަސްމިއްޔާތު ބާއްވާފައިވަނީ 15 މެއި 2023 ވީ ހޯމަ ދުވަހު އެކުވެނި ވޮލީ ޓާފްގައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވީ ސްކޫލް އޮފް ނާސިންގެ ޑީން އަލްފާޟިލާ އާސިޔާ އިބްރާހިމެވެ. އަދި މީގެ އިތުރުން ނިއަރެސްގެ ހިންގާ ކޮމެޓީގެ މެމްބަރުން ބައިވެރިވިކަންވެސް ފާހަގަކޮށްލަމެވެ.
މި މެއި މަހު 15- 22 އަށް ކުރިޔަށްދާ މި މުބާރާތުގައި ނިއަރެސް ފަރާތުން ހުނަރުވެރި 23 ދަރިވަރަކު ބައިވެރިވެފައި ވެއެވެ. އަދި މިމުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ސިލްސިލާގޮތެއްގައި ކުރިޔަށް ގެންދާ މުބާރާތެކެވެ.






