ނިއަރެސްއިން އިސްނަގައިގެން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރު 2 ވަނަ ޓާމަށް ނިއަރެސްއާ ގުޅުނު އައު ލީޑަރުންނަށް ހާއްސަ ކޮށްގެން “ ނިއު ލީޑާރސް ޓްރިޕް“ ގެ ނަމުގައި ވިލިމާލެއަށް ކުރި ޕިކްނިކް ދަތުރު ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
މި ދަތުރު ގޮސްފައިވަނީ 19 އޯގަސްޓް ވީ ހޮނިހިރު ދުވަހުގައެވެ. ނިއަރެސްގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި ނިއަރެސްގެ ކުރީގެ ބައެއް ލީޑަރުންގެ އިތުރުން 35 އަށް ވުރެ ގިނަ އައު ލީޑަރުންވަނީ މިދަތުރުގައި ބައިވެރި ވެފައެވެ.
މިދަތުރުގެ މައިގަނޑު މަގުސަދަކީ އައު ލީޑަރުންނާއި ހިންގާ ކޮމިޓީ މެންބަރުން އަދި ކުރީގެ ލީޑަރުންނާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށް މަޖާ މާހައުލެއްގެ ތެރެއިން، ތަފާތު މީހުންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް އައު ލީޑަރުންނަށް ދަސްކޮށްދިނުމެވެ.
ދަތުރު ފެށިގެން ދިޔައީ، އެކުވެރި މާހައުލެއްގައި ހުރިހާ ބައިވެރިން ހެނދުނުގެ ނާސްތާ ކުރުމާއެކުއެވެ. އެއަށްފަހު ތަފާތު ވާދަވެރި ގޭމްތައް ވަނީ 2 ޓީމުގެ މެދުގައި ކުޅެވިފައެވެ. ފޯރިގަދަ ކުޅިވަރުތަކަކަށްފަހު ދަތުރު ނިމިގެންދިޔައީ ބައިވެރިންގެ ޝުޢޫރުފާޅުކުރުމާ، ހިޔާލު ފާޅުކުރުމާއެކުއެވެ.
ނިއަރެސްގެ މިއަހަރުގެ ހަރަކާތްތައް 14 އޯގަސްޓް ވީ ދުވަހު ސްޕޯޓްސް ފިއެސްޓާ އާއެކު ފެށިގެންދިޔައިރު، 20 އޯގަސްޓް 2023 ވާ އާދިއްތަ ދުވަހު ”ވޮންޑާ ނައިޓް“ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.





