ސްކޫލް އޮފް ނާރސިންގ އަދި ނިއަރެސް ގުޅިގެން ކުލަ ގަދަ ކޮށް މިއަހަރުގެ ނަރުހުންގެ ދުވަސް ފާހަގަ ކޮއްފިއެވެ.
މި އަހަރުގެ ނަރުހުންގެ ދުވަހަކީ 12 މެއި 2024 ވީ އާދިއްތަ ދުވަހެވެ. ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކު ފެޅުމުގެ ހަރަކާތެއް ބާއްވާފައިވާއިރު ނަރުހުންގެ ދުވަހާ ގުޅިގެން ކޮންފަރެންސެއް ވެސް ވަނީ 14 މެއި ވީ އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައެވެ.
މިހަރަކާތްތަކުގައި ސްކޫލް އޮފް ނަރސިންގގެ ޑީން އަދި ދާރިސުންނާއި ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ނަރުހުންގެ ދުވަހަކީ ސްކޫލް އޮފް ނާރސިންގް އަދި ނިއަރެސް ގުޅިގެން ކޮންމެ އަހަރަކުވެސް ކުލަ ގަދަ ކޮށް ފާހަގަ ކުރަމުންދާ ދުވަހެކެވެ.