ސްކޫލް އޮފް ނާރސިންގެ ގޮފި ނިއަރެސް އިން މި ސެމިސްޓަރ ގައި އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ”ނިއު ލީޑަރސް ޓްރިޕް “ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ކޮންމެ ސެސމިސްޓަރ އަކުވެސް ސްކޫލް އޮފް ނާރސިންގ އަށް އަލަށް ގުޅޭ ދަރިވަރުންނާ މިހާރުވެސް މި ފެކަލްޓީގައި ކިޔަވަމުން ދަރިވަރުންގެ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ނިއަރެސްގެ ފަރާތުން ބާއްވާ ދަތުރެކެވެ.
ކުޑަގިރިއަށް ކުރި މިދަތުރު ގައި ފަންސާހަށް ވުރެ ގިނަ ދަރިވަރުންވަނީ ބައިވެރިވެފައެވެ.
ދަތުރު ފެށިގެންދިޔައީ ރަށުތެރެބަލާލުމާއި, ދަރިވަރުންގެ ތަޢާރަފަކާއި އެކީގައެވެ. ހެނދުނުގެ ސައި ތައްޔާރުކޮށް, ސައިބުއިމަށްފަހު ގިނަ ކުޅިވަރުތައް ވަނީ ކުޅެވިފައެވެ. އޭގެ ތެރޭގައި ފައިގަތަޅާ, ރިލޭ ރޭސް, ވޮލީ އަދި ފުޓްސަލް ފަދަ އެކިކަހަލަ މަޖާ ކުޅިވަރު ތަށް ހިމެނެއެވެ.
މިދަތުރުގެ މަޤުސަދު ހާސިލުވެފައިވާކަމަށް ދަރިވަރުންގެ ވާހަކަތަކާއި ޝުޢޫރުތަކުން ވަނީ ހާމަވެފައެވެ.
ނިއަރެސްގެ އުންމީދަކީ, ދެން ކުރިއަށް ބާއްވާ މިފަދަ ދަތުރުތަކަކީ ވެސް, ހަމަ މިހާ ކާމިޔާބު ދަތުރުތަކަކަށްވުމެވެ.






