ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފް.އެޗ.ޓީ.އެސް)ގެ ގޮފި ޝެޓްސް އިން އިސްނަގައިގެން އެފް.އެޗް.ޓީ.އެސް އަށް އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ވެލްކަމްނައިޓް މި މަހުގެ 17 ވާ ހޮނިހިރު ދުވަހުގެރޭ އެމް.އެން.ޔޫ އެފް.އީ ޕީ.އީ ހޯލުގައި ބޭއްވުމަށް ތައްޔާރީތަށް ފަށައިފިއެވެ.
މި ޓާރމުގައި އެފް.އެޗް.ޓީ.އެސްގެ ކޯސްތަކަށް 120 އަށް ވުރެ ގިނަ ދަރިވަރުން އަލަށް ވަނީ ގުޅިފައެވެ. ވެލްކަމްނައިޓަކީ ކޮންމެ ޓާރމެއްގައިވެސް އަލަށް ކޯސްތަކާ ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މުނިފޫހި ފިލުވުމުގެ ހަރަކާތްކާއި ތަފާތު އެކި ކުޅިވަރުތައް ރޭވިފައިވާ މި ހަރާކާތުގައި ޝެޓްސްގެ އިސްވާރުންގެ ގޮތުގައި އަލަށް ހަރަކާތްތެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ލިބިގެންދާނެއެވެ.
ނިމިދިޔަ 2023 ވަނަ އަހަރު އެމް.އެން.ޔޫ.އެސްޔޫގެ އެންމެ ހަރަކާތްތެރި ގޮފި ތަކުގެ ތެރެއިން 3 ވަނަ ޝެޓްސް އަށް ލިބިފައިވާއިރު އަލުން އެބުރި 1 ވަނަ ހޯދުމަށް ޝެޓްސް އިން ވަނީ އަމާޒު ހިފާފައެވެ. ޝެޓްސް އަކީ 2022 ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫ ގެ ގޮފިތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި ގޮތްޕެވެ.






