Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ރިޕޯޓްސް

އުންމު އައިމަން

ސިއާ by ސިއާ
2020-06-04
in ރިޕޯޓްސް, ގޮފިތަކުގެ ރިޕޯޓްތައް
އުންމު  އައިމަން

އަސްލު ނަންފުޅާއި ވަނަވަރު:

މިކަމަނާގެ އަސްލު ނަންފުޅަކީ ބަރަކާ ބިންތް ޘަޢްލަބާއެވެ. މިއީ ހަބަޝްކަރައަށް ނިސްބަތްވާ ބޭކަނބަލެކެވެ. ނަބިއްޔާގެ ސީރަތުގައި މިކަމަނާގެ ނަން އައިސްފައިވަނީ ރަސޫލާ ބަލާ ބޮޑުކުރެއްވެވި އަދި ދެވަނަ މަންމައެއްގެ މަޤާމުގައިވާ ފަރާތެއްގެ ގޮތުގައެވެ. އުންމު އައިމަންއަކީ ރަސޫލާގެ ބައްޕާފުޅު ޢަބްދުﷲ  އެކަލޭގެފާނުގެ މަންމާފުޅަށް ހަދިޔާއަކަށް ދެއްވެވި އަޅެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އެކަމަނާގެ އަތްޕުޅު މައްޗަށެވެ. އަދި ރަސޫލާ ސުވަރުގެ ވަޑައިގެންނެވުމާއި ހަމައަށްވެސް އެކަމަނާ ރަސޫލާގެ ޚިދުމަތުގައި ދެމިހުންނެވިއެވެ.

ރަސޫލާގެ ތުއްޕުޅު އަދި ޒުވާން ދުވަސްވަރު:

ބުނެވޭގޮތުގައި އުންމު އައިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްވުރެ 13 އަހަރު ދޮށްޓެވެ. އެހެންނަމަވެސް އެކަމަނާ އަބަދުވެސް ރަސޫލާއާއި ދޭތެރޭ ކަންތައްބެހެއްޓެވީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެގޮތުން އާމިނަތުގެފާނު އަވަހާރަވުމާއެކު ރަސޫލާގެ ބެލެނިވެރިކަމާއި ތަރުބިއްޔަތުކުރެއްވުމާއި ރަސްމީކޮށް ޙަވާލުވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ޚަދީޖަތުގެފާނާއި ކައިވެނި ބައްލަވައިގަންނަވަންދެން އެކަމަނާ ހުންނެވީ ހުސްހަށިބަޔަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުންމު އައިމަން އަށް އަބަދުވެސް މުޚާތަބުކުރައްވަނީ މަންމަގެ ނަމުންނެވެ. އަދި އެކަލޭގެފާނު އެހެންމީހުންނަށް އުންމު އައިމަން ތަޢާރަފްކޮށްދެއްވަނީ ”ތިމަންކަލޭގެފާނުގެ މަންމާފުޅަށްފަހު މަންމާފުޅު“ގެ ގޮތުގައެވެ.

ކައިވެނިފުޅުތަކާއި ދަރިދަރިކަލުން:

އުންމު އައިމަން އެންމެ ފުރަތަމަ ކައިވެނި ބައްލަވަގަތީ ޚަޒްރަޖް ވަންހައިގެ ބޭކަލެއްކަމަށްވާ ޢުބައިދް ބުން ޒައިދް އާއިއެވެ. އެބޭފުޅާގެ އަރިހުން އައިމަން ލިބިވަޑައިގެންނެވިއެވެ. ޢުބައިދް ރަޟިޔަﷲ ޢަންހު ޚައިބަރް ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވުމުން އެކަމަނާ ދެން ކައިވެނި ބައްލަވައިގަތީ ޒައިދް ބިން ޙާރިޘާއެވެ. އަދި އެކަމަނާއަށް އުސާމާ ބިން ޒައިދު ލިބިވަޑައިގެންނެވިއެވެ. ޒައިދްގެފާނުވެސް ފަހުން މުއްތާ ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވީއެވެ. އަދި ދޮށީ ދަރިކަލުން އައިމަން، ހުނައިން ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވިއެވެ. ހަގު ދަރިކަލުން އުސާމާ ވެގެން ދިޔައީ މުސްލިމު ލަޝަކަރުގެ އިސް ކޮމާންޑަރަކަށެވެ. އަދި ރޯމަނުން ބަލިކުރެއްވި ފުރަތަމަ މުސްލިމް ލީޑަރަށް ވެވަޑައިގެންނެވިއެވެ.

ނަބީކަމާއި އިސްލާމްވުން:

ރަސޫލާއަށް ދީނަށް ގޮވާލެއްވުމަށް އަމުރުފުޅު ލިބިވަޑައިގެންނެވުމުން އެންމެ ފުރަތަމަވެސް ފެއްޓެވީ އެކަލޭގެފާނުގެ އަމިއްލަ ގެކޮޅުންނެވެ. އެގޮތުން މި ދަޢުވަތު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ މީހުންގެ ތެރޭގައި އުންމު އައިމަންވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އެކަމަނާއަކީ ޚަދީޖަތުގެފާނު ފަދައިން އެއްވެސް ފަސްޖެހުމެއްނެތި އިސްލާމްވެޑައިގެންނެވި ބޭކަނބަލެކެވެ.

ނަބީކަމުގެ ފުރަތަމަ ދުވަސްވަރު މުސްލިމުންނަށް ކުރިމަތިވި ހުރިހާ ދަތިތަކަކާއި އަނިޔާއެއް އުންމު އައިމަންވެސް ތަހައްމަލްކުރެއްވިއެވެ. އަދި މީގެ އިތުރުން އެކަމަނާއަކީ ޙަބަޝްކަރައިގެ ކަޅު ނަސްލަށް ނިސްބަތްވާ ބޭކަނބަލަކަށް ވުމާއެކު މުޝްރިކުން ކުރިމަތީގައި އެކަމަނާގެ ޤަދަރާއި މަޤާމު އިތުރަށް ނިކަމެތިވެގެންދިއައެވެ. ނަމަވެސް އެކަމަނާ އަބަދުވެސް ހުންނެވީ އަމިއްލަ ދަރިއެއްފަދައިން ބަލާބޮޑުކުރެއްވުވި މުޙައްމަދުގެފާނުގެ އަރިހުގައި ސާބިތުކަމާއެކުގައެވެ.

މަދީނާއަށް ހިޖްރަކުރުމުގެ ހުއްދަ މުސްލިމުންނަށް ލިބުމާއެކު، އެކަމަނާ ހިޖްރަކުރެއްވެވިއެވެ. އަދި އުމުރުގެ ބާކީ ބައި ހޭދަކުރެއްވީ މަދީނާގައެވެ.

ސިފަފުޅުތަކާއި ޝަޚްސިއްޔަތު:

ކުރިންވެސް ބުނެވުނު ފަދައިން އެކަމަނާގެ އަސްލު އުފަން ރަށަކީ ޙަބަޝްކަރައެވެ. އެހެންކަމުން އެކަމާނާގެ މާދިރީ ބަހަކީ ޢަރަބި ބަހެއް ނޫނެވެ. މީގެ ސަބަބުން ޢަރަބި ބަހުން ވާހަކަދެއްކުވުމުގައްޔާއި ބައެއް އަކުރުތައް ވިދާޅުވުމުގައި އެކަމަނާއަށް ދަތިކަމެއް ހުއްޓެވެ.

ޢާންމުންގެ ތެރޭގައި އުންމު އައިމަން އަކީ މަޑުމައިތިރި ބޭކަނބަލެކެވެ. ނަމަވެސް ރަސޫލާގެ އަރިހުގައި އެކަމަނާއަކީ ގިނަގިނައިން ސަމާސާ ކުރައްވާ ބޭކަނބަލެކެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެސް އެކަމަނާގެ އަރިހުގައި އަބަދުވެސް ހިނިވަރުނަކުރައްވާ ސަމާސާ ކުރައްވަވައެވެ.

ބުނެވޭގޮތުގައި އެކަމަނާއަކީ ވަރަށް މައިވަންތަ، ރަސޫލާއާއި މެދު އިންތިހާއަށް އާޅާލެއްވެވި ބޭކަނބަލެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްޗެއް ފަރީއްނުކުޅުއްވާ ހުންނަވާނަމަ އެކަމަނާ ގަދަކަމުންވެސް އެކަލޭގެފާނަށް ކާއެއްޗެހި އަރުވައެވެ. އަދި ރަސޫލާ ބައިވެރިވެޑައިގެންނެވި ބައެއް ހަނގުރާމަތަކުގައި އެކަމަނާ ބައިވެރިވެވަޑައިގެން، އެންމެ ނުރައްކާތެރި ހިނދުވަޅުތަކުގައި އެކަލޭގެފާނުގެ ދިފާޢުގައި ހަނގުރާމަކުރެއްވެވިއެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެކި އެކި ޞަޙާބީން އުންމު އައިމަންގެ ހަނގުރާމަ މަތީގެ ވާހަކަތައް ރިވާކުރައްވާފަވެއެވެ. އޭގެ ތެރެއިން އެއް ރިވާޔަތެއްގައިވާ ގޮތުން، ހަނގުރާމަތަކުގައި އުންމު އައިމަންގެ ނަޒަރު އަބަދުވެސް ހުންނަވަނީ ރަސޫލާގެ ޙަރަކާތްތަކަށެވެ. މަންމައަކު ދަރިއަކަށް ފާރަލާފަދައިންނެވެ.

އުންމު އައިމަން ވެގެން ދިޔައީ ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ވަދެވަޑައިގެންނެވޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެން މަދު ބޭކަނބަލުންގެ ތެރެއިން ބޭކަނބަލަކަށެވެ. ހިޖްރައިގެ ދިގު ދަތުރު ނިންމަވާފައި މަންޒިލަށް ވާޞިލްވެވަޑައިގެންނެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަމަނާ އަށް ހަދީޘް ކުރެއްވިއެވެ.“އޭ އުންމު އައިމަން އެވެ. އޭ މަންމާފުޅާ އެވެ. ހަމަކަށަވަރުން ސުވަރުގޭގައި ކަމަނާއަށް ޚާއްސަ މަޤާމެއް ވެއެވެ.“ އަދި އެހެން ފަހަރަކު ހަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން ސުވަރުގޭގެ އަންހެން ކަނބަލަކާ ކައިވެނި ކުރައްވަން އެދޭ މީހަކު ވާނަމަ، ފަހެ އެމީހަކު އުންމު އައިމަން އާއި ކައިވެނި ކުރައްވާށެވެ.“

އެކަމަނާއަކީ ރަސޫލާއަށް އަދި އިސްލާމްދީނަށް ޓަކައި އެތައް ޤުރްބާނީއެއް ވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެއްދުވަހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަމަނާއަށް ޒިޔާރަތް ކުރެއްވުމަށްފަހު އެކަމަނާ ގާތުން ހާލުކޮޅު އެއްސެވިއެވެ. ޖަވާބުގައި ދެންނެވިއެވެ. ”އިސްލާމްދީން ހެޔޮ ހާލުގައި ވާހާ ހިނދަކު ތިމަން ކަމަނާ ވަނީ ހެޔޮ ހާލުކޮޅުގައެވެ.“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މުޅި ޙަޔާތްކޮޅުގައިވެސް އުންމު އައިމަން އަށް ޒިޔާރަތް ނުކުރައްވަވާ އެންމެ ދުވަހެއްވެސް ނުދެއެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމާއެކު އަބޫބަކުރުގެފާނާއި ޢުމަރުގެފާނުވެސް އެކަމަނާއަށް ޒިޔާރަތް ކުރެއްވަވައެވެ. މިދެބޭކަލުން ޒިޔާރަތް ކުރެއްވެވި އެންމެ ފުރަތަމަ ދުވަހު އެކަމަނާ ކީރިތި ކުރެއްވެވިއެވެ. އަދި ދެންނެވިއެވެ. “ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަންނަވާނެކަން ތިމަންކަމަނާއަށް އިނގިލެއްވައެވެ. ނަމަވެސް ތިމަންކަމަނާ މި ކީރިތިކުރައްވަނީ އުޑުން ވަޙީ ބާއްވާލެއްވުން ހުއްޓުމުންނެވެ.“

އަވަހާރަވުން:

ރަސޫލާ ދުނިޔެ ދޫކުރެއްވުމަށް ފަހުގައިވެސް އުންމު އައިމަން ވަރަށް ގިނަ އަހަރުތަކެއް ދުނިޔޭގައި ހޭދަ ކުރެއްވެވިއެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތުގައިވެސް އެކަމަނާ ދުނިޔޭގައި އިންނެވިއެވެ. ގިނަ ރިވާޔަޔްތަޢް ދައްކާ ގޮތުން އެކަމަނާ ދުނިޔެ ދޫކުރެއްވީ ޢުޘްމާންގެފާނުގެ ޚިލާފަތުގައެވެ.

މަޢުލޫމާތު ނެގި ލިންކްތައް:

Umm Ayman (ra): The Woman Who Never Stopped Caring | The Firsts | Dr. Omar Suleiman

In episode 5 of the Firsts, Sh. Omar Suleiman introduces us to Barakah Bint Thalaba, or Umm Ayman (ra), the woman who never stopped caring. Umm Ayman (ra) was a second mother to the Prophet ﷺ after his mother passed.

Zayd Ibn Al Haritha (ra): Loved and Liberated | The Firsts | Dr. Omar Suleiman

Zayd Ibn Haritha’s (ra) nickname was ”the beloved of the beloved ﷺ“. The character of the Prophet ﷺ is exhibited in relationships he had with people before Islam was revealed, and his relationship with Zayd (ra) is one of them. Zayd (ra) was the first freed slave to become a Muslim.

Umm Ayman, Barakah, may Allah be pleased with her

Barakah or Umm Ayman was the name of the woman whom the noble Prophet esteemed so highly. She was the first person to hold him in her arms when he was born and the only person who knew him from that

https://peoplepill.com/people/umm-ayman/

Umm Ayman: The nurse of the Prophet

The first thing Umm Ayman is known for is her custody of Muhammad when he lost his mother, at the age of six. His father died in Madinah where he was visiting his maternal uncles after a business trip to Syria. There he was taken ill and died.

ލިޔުނީ: ފާޠިމަތު މުޙައްމަދު އަޙްމަދު، މީޑިއާ ކޯރޑިނޭޓަރ، ސިއާ

ސިއާ

ސިއާ

ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ) އަކީ އެމް.އެން.ޔޫ ފެކަލްޓީ އޮފް އާރޓްސްގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ޢީދު ހަދިޔާ ބަދަލު ކުރުން – މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab